ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނަށް ތިބޭނީ ރަށުން ބޭރު އޮފިސަރުން: އިމްރާން

big_43kKlG52wTW0aPELPfmjq9ftr.jpg

މިނިސްޓަރު އިމްރާން މަޖިލީހުގައި

ރަށްރަށުގެ ޕޮލިސް ސްޓޭޝަން ތަކުގެ އިންޗާޖުންގެ ގޮތގައި ތިބޭނީ ރަށުން ބޭރު އޮފިސަރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެެއްވަމުންނެވެ.

ޖާބިރު އެއްސެވީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި އެ ރަށެއްގެ ފުލުހުން ތިބުމުން އަދުލު އިންސާފު ގާއިމު ނުކުރެވޭނެތޯ އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތްތައް ދެމުންދާއިރު އެރަށަކަށް ނިސްބަތްވާ ފުލުހުން އެ ރަށްތަކުގައި ބޭތިއްބުމާއި ނުބޭތިއްބުމަކީ ވެސް މައްސަލަތަކެއް ކުރިމަތިވާ ކަމެއް ކަމަށެެވެ.

”އާއިލާއާ ގާތުގައި ތިބެވޭ ގޮތުން ވަޒީފާތައް ފަހިކޮށްދިނުމަކީ ހިތްވަރުދޭ ކަމެއް.  އެހެން ނަމަވެސް ފުލުހުންނަކީ ގާނޫނު ތަންފީޒުކުރާ ބަޔަކަށް ވާތީ އެކަމުގައި ބައެއް ކަހަލަ ގޮންޖެހުންތައް ދިމާވޭ “އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ކަނޑައަޅާފައިވާ ސިޔާސަތަކީ ކޮންމެ ރަށެއްގެވެސް ސްޓޭޝަންގެ އިންޗާޖަކަށް ރަށުން ބޭރު ބޭފުޅެއް ހުންނަވާ ގޮތަށް ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް ދެން ތިއްބަވާ އޮފިސަރުންގެ ތެރެއިން ވީހާ ގިނަ އަދަދެއްގެ އޮފިސަރުންނަކީ ރަށުގެ އޮފިސަރުން ކަމުގައި ހެދުމަކީ އެކަމަށް ހިތްވަރުދޭ އަދި މަސައްކަތް ކުރާ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ ޖުމްލަ އަދަދަށް ބަލާއިރު ބައެއް އަތޮޅުތަކަށް ނިސްބަތްވާ ފުލުހުން ވަރަށް ގިނަ ކަމަށާއި އަނެއްބައި އަތޮޅުތަކަށް ނިސްބަތްވާ ފުލުހުންގެ އަދަދު ވަަރަށް މަދު ކަމަށާއި އެހެން ކަމުން އެންމެ އެދެވޭ ގޮތަށް ފުލުހުން ރަށްރަށަށް ބެހުމުގައި ގޮން ޖެހުންތައް ކުރިމަތިވާ ކަމަށްވެސް އިމްރާން ފާހަގަ ކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top