ކެންދޫ ދާއިރާގެ މެންބަރު އަލީ ވިދާޅުވަނީ ރައީސް ޔާމީން ބަލިކުރެވޭނެ ރަނިންގ މޭޓަކީ އޭނާ ކަމަށް

1527059883.jpg

ބ.ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން

ރައީސް ޔާމީން ބަލިކުރެވޭނެ ރަނިންގ މޭޓަކީ އޭނާ ކަމަށް ބ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ކެނޑިޑޭޓަކާއި ރަނިންމޭޓަކު ނެރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޭޕީގެ ރަނިންމޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމަށް ފަހު ޖޭޕީ އޮފީހުގެ ކުރިމަތީގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

އަލީ ހުސޭނަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

އަލީ ހުސެއިން ވިދާޅުވީ، ސިޔާސީ މައިދާނުގައި އޭނާ އަބަދުވެސް އިސްކަން ދެނީ ރައްޔިތުންގެ މަސްލަހަތަށް ކަމަށާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް މަސައްކަތް ކުރައްވާފައިވާނީ އެގޮތަށްކަމުގައެވެ. އެހެންކަމުން އޭނާގެ މި މަސައްކަތް ބަލައިގަނެ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ގައުމީ މަސްލަހަތު އިސްކޮށް، ރަނިން މޭޓަކަށް އޭނާ އިންތިހާބު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ ވިދާޅުވި އެވެ.

“އަޅުގަނޑުމެން ބަލަން ޖެހޭނީ ރައީސް ޔާމީން ބަލިކުރަން އެންމެ ގިނަ ވޯޓް ހޯދޭނީ ކާކަށްތޯ. ރައްޔިތުން އެ ކެންޑިޑޭޓަކަށާއި ރަނިން މޭޓަކަށް އެންމެ ގިނައިން ވޯޓު ދޭނީ ކާކަށްތޯ… އެކަން ކުރަން އެންމެ ރަނގަޅު ކެންޑިޑޭޓަކަށް އަޅުގަނޑު ގަބޫލްކުރަނީ އަޅުގަނޑު،” އަލީއަށް ތާއީދުކުރާ ބައެއް މީހުންނާ އެކު ބޭއްވި ހަފުލާގައި ވިދާޅުވި އެވެ.

އަލީ މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު އޭނާއަކީ އިދިކޮޅުގައި ހުންނަވައިގެން ސަރުކާރަށާއި ރައީސް ޔާމީން އަށް ފާޑު ކިއުމުގައި ހައްދު ފަހަނައަޅާފައި ހުރި ބޭފުޅެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ރަނިންމޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ޖޭޕީގެ ފަރާތުން އަލީ ހުސޭން ވާދަކުރައްވަން ނިންމެވި ޚަބަރު ބައެއް ނޫހުގައި ޝާއިޢު ކުރުމާއި ގުޅިގެން މަދު ބަޔަކު އޭނާ އާ އެއްކޮޅަށް ކޮމެންޓް ކޮށްފައި ހުރި ނަމަވެސް ގިނަ ކޮމެންޓް ތައް ހުރީ އެނިންމުމަށް ފާޑު ކިޔާފައެވެ.

އަލީއަށް ތާރީފުކޮށް ކޮމެންޓް ކުރެއްވި އެކަކު ބުނެފައިވެއެވެ. ”އަލީ ހުސެއިން ވަރައް ހިންގުންތެރި ބޭފުޅެއް ޤައުމަށް އިޚުލާސްތެރިވާނެ ބޭފުޅެއް.. ހީކުރަން ޖޭޕީން އަލީ ހުސޭން ހޮވާނެކަމަށް.”

އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ ” ދުނިޔޭގައި ތާރީހަށް ބަލާލިއަސް މިހާތަނަށް ތި ގޮތަށް އަމިއްލަ މޮޅު ވާހަކަދައްކައިގެން އަރާމީހުން ވަނީ ވަރަށް އަވަހަށް ފެއިލްވެފައި. އަލީހުސައިން ތިބުނާގޮތުން މިހާރު އެމްޑީޕީ ކެންޑިޑޭޓް އިބޫއަކީވެސް ނެތް މީހެއް. އަލީހުސައިންއާ ޔާމީން ވާދަކުރަން ޖެހިފައި މި އޮތީ. ކިހާހެއްވާ ކަމެއްމީ.” މިހެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top