އިމްރާން ވިދާޅުވަނީ ޓެެރިޒަމް ގާނޫނުގެ ސަބަބުން ދީނީ އިލްމު ފެތުރުމަށް ހުރަހެއް ނެތް ކަމަށް

Shaikh-Imran-777x437.jpg

ޓެރެރިޒަމް ގާނޫނުގެ ސަބަބުން ދީނީ އިލްމު ފެތުރުމާއި އުނގެނުމަށް ހުރަހެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބަދުﷲ ވިދާޅުވެއްޖެއެވެ.

ޓެރެރިޒަމް ޤާނޫނުގައި ވަރަށް ސާފުކޮށް ޓެރެރިޒަމްގެ ކުށަކަށް ވާގޮތް ބަޔާން ކޮށްފައިވާއިރު އެޤާނޫނުގެ ސަބަބުން ދީނީ އިލްމު ފެތުރުމާއި އުނގެނުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށާ ޓެރެރިޒަމްގެ ހަގީގި އަމަލަކާ ގުޅުން ހުރި ބައެއްގެ މައްޗަށް ނޫން ގޮތަކަށް ޓެރެރިޒަމް ޤާނޫނުން ފިޔަވަޅު އަޅަން ޖާގަ ލިބޭކަމަށް ދެކެވަޑައި ނުގަންނަވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ ފުލުހުން ޖަވާބުދާރީ ކުރެވޭނެ ނިޒާމު ފުލުހުންގެ ތެރޭގައި އޮންނަންޖެހޭ ކަމަށެވެ. އެއާއެކު ފުލުހުންގެ ބޭރުން އެކަން ބެލުމުގެ ބާރު ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނަށްވެސް ލިބިގެންވާ ކަމަށް ހޯމް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.  

ޓެރެރިޒަމްގެ ގާނޫނުން ފުލުހުންނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރެއް ނެތި މީހުން ބަލާ ފާސްކުރުމުގެ ބާރާއި މީހުން ހައްޔަރުކުރުމުގެ ބާރު ހިމެނެއެވެ. ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާ، ކުށްތަކުގެ ތެރޭގައި ޓެރެރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވުމާއި ޓެރެރިޒަމްގެ އަމަލެއް ކުރަން ރޭވުންވެސް ހިމެނެއެވެ. މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަވެސް ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިއެވެ. ޓެރެރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަ ވެސް ކޯޓު އަމުރާ ނުލައި ހައްޔަރު ކުރުމުގެ ބާރު ވަނީ ފުލުހުންނަށް ދީފައެވެ.

މި ބިލް ރައީސުލްޖުމްހޫރިއްޔާ އަދި ތަސްދީގު ނުކުރައްވައެވެ. މިބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފަހުއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top