ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފޯމެޓަށް ބަދަލުތަކެއް!

goidhoo-vs-kihaadhoo-baa-atoll-football-challenge-670x336.jpg

ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި އޭދަފުށީގައި ކުޅެވުނު ގޮއިދޫ - ކިހާދޫ މެޗްގެ ތެރެއިން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް ގެ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މިކަމާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް އޭ އެމް ) އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނި މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުޓްބޯޅަ އެސޯސިއޭޝަނާއި ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު ”ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް“ ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފައިވާ ކަމުގައެވެ.

މިހާރު ގެނެވިފައިވާ ބަދަލުތަކާއެކު ”ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020“ އަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތް ކުޅެވޭނީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ އެރަށެއްގެ ކްލަބް، ޖަމްއިއްޔާ ޖަމާޢަތް ތަކަށެވެ. މި މުބާރާތް ރާވާ ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. މިއާއެކު ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތަށްފަހު، ކޮންމެ ރަށެއްގެ ޗެމްޕިއަން ޓީމް ކޮލިފައިވާނީ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަން ޝިޕް 2020 ގެ ފުރަތަމަށް ބުރަށެވެ. ފުރަތަމަ ބުރު ކުޅެވޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މިމުބާރާތް ރާވާ ހިންގާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.

ކޮލިފައިވުމަށް ކުޅެވޭ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ އެރަށެއްގެ ކްލަބް ޖަމްޢިއްޔާ ޖަމާއަތްތަކުން، 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ސިޓީއަކުން ބައިވެރިވުމަށް ވަނީ އެފްއޭއެމް އިން އެދިފައެވެ. މި ސިޓީ އާއެކު ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ވި ކަމުގެ ލިޔުންވެސް [email protected] އަށް މެއިލް ކުރުމަށްވެސް  އެފްއޭއެމުންއެދިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top