ޓޫރިޒަމްގެ ބިޑް މީޓިންގައި ބަރަހަނާ މަންޒަރުތަކެއް އަޅުވައިފި.

big_vo3OAKKKr2gMt0T5tZpoIyU0D.jpg

ޓޫރިޒަމް މިނިސްޓްރީން މިއަދު އޮންލައިންކޮށް ބޭއްވި ޕްރީބީޑް ބައްދަލުވުމެއްގައި ބައިވެރިވި ފަރާތަކުން ބަރަހަނާ މަންޒަރުތަކެއް އަޅުވައިފި އެވެ.

ބަރަހަނާ މަންޒަރުތަކެއް އަޅުވާފައިވަނީ ޕްރީބިޑް މީޓިންގގެ ބައިވެރިއަކު ޒޫމް މެދުވެރިކޮށް އިމިއަދު ބޭއްވި ހއ. އުލިގަން ޓޫރިޒަމް މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރީބިޑް ބައްދަލުވުމުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އާއްމުކޮށް ޕަބްލިކަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހަކު ބަރަހަނާ ވީޑިއޯ އާއި ފޮޓޯތަކެއް އެޅުވި ކަމަށެވެ. އަދި ވަގުތުން ޓޫރިޒަމް މިނިސްޓްރީގެ ޓީމުން މީޓިން ކެންސަލްކޮށް، އެ މަންޒަރުތައް ރިމޫވްކޮށް އަލުން ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން މައުލޫމާތު ދެމުން ބުނެފައިވަނީ ، ބަރަހަނާ މަންޒަރު އެޅުވީ، އެ ބައްދަލުވުމުގައި ބައިވެރިވި އާންމު ފަރާތަކުން ކަމަށެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބައްދަލުވުން ވަގުތުން މެދުކަނޑާލި ކަމަށް ވެސް އެނގިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ބޭރުގެ ބައެއް އިންވެސްޓަރުންނާއި އާއްމުން ބައިވެރި މި ބައްދަލުވުމުގައި ބަރަހަނާ މަންޒަރު ތަކެއް އަޅުވާފައިވަނީ “ނިޔާޒު” ގެ ނަމުގައި ޒޫމް އަށް ވަތް މީހެކެވެ.

“ބޮޑަށް ބެލެވެނީ މި މަޝްރޫއު ހުއްޓުވަން ނުވަތަ ޖެއްސުން ކުރަން ބަޔަކު ކުރިކަމެއް ކަމަށް،” ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިމައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top