ދުނިޔޭގެ މޫސުމާބޭހ ދުވަހާ ގުޅުވައިގެން އޭދަފުށީގެ ވަށައިގެންވާ ގޮނޑުދޮށުގެ ސަރަހައްދު ސާފުކުރުމުގެ ސިލްސިލާ ޕްރޮޤްރާމެއް ޖަމިއްޔަތުލް ވަފާއިން ފަށައިފިއެވެ.
އިއްޔެ ފެށި މިހަރަކާތުގައި ފުރަތަމަ ސާފުކޮށްފައިވަނީ ރަށުގެ ހުޅަނގުކޮޅު ގޮނޑުދޮށް ސަރަހައްދެވެ. މިމަސައްކަތުގައި ޖަމްއިއްޔާގެ މެމްބަރުންގެ އިތުރުން، އޭދަފުށީ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ބައެއް އާންމުން ބައިވެރިވިއެވެ.
މީގެއިތުރުން ދުނިޔޭގެ އަންހެނުންގެ ދުވަހާ ގުޅިގެންވެސް ޖަމިއްޔަތުލް ވަފާއިން އިއްޔެ އޭދަފުށީގައި ކުޅިވަރު ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔައެވެ. އެގޮތުން އިއްޔެ ހަވީރު އެޖަމްއިއްޔާގެ ގެއާ ދިމާލު ހިއްކި ބިމުގައި ބޭއްވި ކުޅިވަރުތަކުގައި އެސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ބައިވެރިވިއެވެ.
ފޮޓޯތައް: ޖަމްއިއްޔަތުލް ވަފާ ފޭސްބުކް ޕޭޖް