47 ނޫސް އުވާލައިފި

big_jCE7mkyzOe6Wym8EGEZNx9qjD.jpg

ގަވާއިދުން ނެރެމުން ނުގެންދާ 47 ނޫސް މަޖައްލާއެއް އުވާލައިފި އެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ ނޫސްމަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ ތެރެއިން ގަވާއިދުން ނެރެމުން ނުދާ 47 ނޫސް މަޖައްލާއެއް އުވާލައިފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީގެ އިއުލާނުގައި ގަވާއިދުން ނެރެމުން ނުދާތީ އުވާލާފައިވާ 47 ނޫހުގެ ނަމާ އެ ނޫހެއްގެ މަސްއޫލުވެރިންގެ މައުލޫމާތުތައް ހިމަނާފައިވެއެވެ.

އުވާލި ނޫސްތަކުގެ ތެރޭގައި ހިތާދޫ އޮންލައިން ހިމެނެ އެވެ.

ގަވާއިދުން ނެރެމުން ނުދާ ނޫސް މަޖައްލާތައް އުވާލާނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އިއުލާނެއް ކޮށްފައެވެ. އެ އިއުލާނާއެކު ބައެއް ނޫސް މަޖައްލާތަކުގެ ނަންތައް ހޯމް މިނިސްޓްރީން ހާމަކުރިއެވެ.

މަގުބޫލު އުޒުރެއް ނެތި ރަޖިސްޓްރީ ކުރެވިފައިވާ ނޫސް މަޖައްލާއެއް ޖެހިޖެހިގެން ތިން ފަހަރު ނުނެރެވިއްޖެ ނަމަ އެ ނޫސްމަޖައްލާއެއް އުވާލެވޭނެ ކަމަށް ނޫސް މަޖައްލާއާ ބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.

 

މިއީ ރަށްރަށުގައި ހިންގާ ކުދި ނޫސްތައް ކަމުގައި ނަމަވެސް ކުރިން ޤަވައިދުން ނެރެފައި މިހާރު ހުއްޓާލާފައިވާ ނޫސްތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top