އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރުއެޅުން އިފްތިތާހު ކޮށްފި

big_qXlIEjFfFdyMfVwsFlZJdDByT.jpg

އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްއިއްޔެ އިފްތިތާހު ކޮށްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހެދުމުގެ މަޝްރޫއުގެ ދަށުން ދައުރު ބަދަލުވުމާއެކު ހުއްޓިފައިވާ މި މަސައްކަތް އަލުން ފެށުމަށް އެމްޓީސީސީއާ އިއްޔެވަނީ ހަވާލު ކޮށްފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގައި ހެދުމަށް ނިންމި 17މަގުގެ ތެރެއިން އެންމެ މަގެއް ފިޔަވައި އެހެން ހުރިހާ މަގެއްގައިވެސް ވަނީ ޕޭމެންޓް ހަދައި ފެންހިންދުމުގެ ނިޒާމުވެސް ނިންމައި ތާރުއެޅުމަށް ތައްޔާރުވެފައެވެ. ތާރުއެޅުމަށް ބޭނުންވާ ތާރާ ހިލަވެސް އޭދަފުއްޓަށް އޭރުވަނީ ގެންގޮސްފައެވެ.

އިއްޔެ އެމަގުތަކުގައި އެމަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާޙް ކޮށްފައިވާއިރު މިއަދު ތާރު އަޅަން ފެށޭނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އެމަސައްކަތް އަލުން ފެށުމަށް އިއްޔެ އެދަފުށީ ގައި ހުންނަ ސަލްސާ ރީޓްރީޓްގައި އޮތް ރަސްމިއްޔާތުގައި މި މަސައްކަތް އިފްތިތާޙް ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ.

ޝާހު ވިދާޅުވީ މި މަޝްރޫއުގެ ދަށުން އޭދަފުށީ ބޮޑެތި 17މަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން މިމަގުތަކުގައި މަގުބައްތި ޖެހުމާ ފެންހިންދާ ނިޒާމެއް ގާއިމް ކުރެވިގެން ދާނެކަމަށެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އާ އެކު ވެފައިވާ އެއްބަސްވުމުގައި މަސައްކަތް ނިންމަން ޖެހޭ މުއްދަތައް މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން ދެއްވުމާއެކު މިއަދު މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމުގެ ޔަގީންކަން ޝާހުވަނީ ދެއްވާފައެވެ.

އެމްޓީސީސީ އަކީ ސަރުކާރުގެ ކުންފުންޏަކަށްވާތީ މަސައްކަތް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށާ އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން އޭދަފުށީގައި ކުރަންހުރި ބައެއް އެހެން މަސައްކަތްތައްވެސް ކޮށްދެއްވާނެކަމުގައި ޝާހު ވިދާޅުވިއެވެ.

މިމަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 19 މިލިއަން ރުފިޔާއަށެވެ.

މިރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމާއި އެމްޓީސީސީގެ އިސްވެރިންގެ އިތުރުން އޭދަފުށީގައި ހުންނަ ބައެއް އޮފީސްތަކުގެ މުވައްޒަފުންވެސް ބައިވެރި ވަޑައިގެންނެވިއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top