މައުރަޒުގެ މުއްދަތު އިތުރުކޮށްދިނުމަށް ތުޅާދޫން އެދެފި

ތުޅާދޫ ގެ އުފެއްދުމެއް

ތުޅާދޫ ގެ އުފެއްދުމެއް

މިނިސްޓްރީއޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިވަން 50ގެ މުނާސަބަތުގައި މިއަހަރުގެ ޑިސެމްބަރ 22 ން 28އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތަށް 22ދުވަސް އިތުރުކޮށްދިނުމަށް ތުޅާދޫ ކައުންސިލުން އެދިއްޖެއެވެ.

މިމައުރަޒުގައި ތަކެތި ބައިވެރިކުރަން އެކޮނޮމިކްމިނިސްޓްރީން ދީފައިވާ މުއްދަތަކީ ނޮވެމްބަރ 27ން ޑިސެމްބަރމަހުގެ ނިޔަލަށެވެ.

ތުޅާދޫ ކައުންސިލުން ބުނިކަމަށް ސީއެންއެމް އޮންލައިންގައިވަނީ ، މިމައުރަޒުގައި ބައިވެރިވުމަށް އަންގާފައިވަނީ މިދިޔަ އަންގާރަދުވަހު ކަމަށާއި އެވަގުތުން ފެށިގެން މިވާހަކަ ރަށުގެ ރައްޔިތުންނާއި ހިއްސާ ކުރިކަމުގައެވެ. އެހެންނަމަވެސް މައުރަޒަށް ތައްޔާރުވުމަށް ދީފައިވާ މުއްދަތު ކުރުކަމުން އެކަށީގެންވާގޮތަށް މިފަދަ ބޮޑުކަމަކަށް ތައްތާރުނުވެވޭނެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކޮށްފައިވާ ކަމުގައެވެ. އެހެންކަމުން މި މުއްދަތު 22 އަށް އިތުރުކޮށްދިނުމަށް އެދެންޖެހުނީއެވެ.

ތުޅާދޫ ޚާއްސަވެފައިވަނީ ލިޔެލާޖެހުމަށް އެންމެ މޮޅު އަދި އެންމެ މަޝްހޫރު މީހުން އުޅޭ ރަށުގެ ގޮތުގައެވެ. މިމަސައްކަތުގައި ރާއްޖޭގެ އެހެން ރަށަކަށް ގޮންޖަހާނުލެވޭވަރަށް އެމީހުންވަނީ އެރޮނގުގައި ކުރިއަރާފައެވެ. އޭގެ ހެއްކަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އަތްތެރިމަސައްކަތުގެ މައުރަޒުތަކުގައި އެމީހުންވަނީ ކޮންމެފަހަރުހެން އެއްވަނަ ހޯދައިގެން އެފަންނުގައި އެމީހުންނާ ވާދަކުރެވޭވަރުގެ ބައެއް ނެތްކަން ސާބިތުކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top