ތާރު އެޅުމުގެ ރަސްމިއްޔާތަށް ދާއިރާގެ މެމްބަރަށް ދައުވަތު ނުދެއްވާ ! ؟

0-02-06-46af17f47a20797601025af190e19bc781e9b92dd5204edb90a92910330755b7_36f23763.jpg

''ވެލާ ޖަގަހަ "ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޕީ.ސަލީމް ވާހަކަ ދައްކަވަނީ

އޭދަފުށީގެ މަގުތަކުގައި ތާރުއެޅުން އިފްތިތާހު ކުރުމުގެ ގޮތުން އިއްޔެ އެމްޓީސީސީގެ ފަރާތުން އޭދަފުށީގައި ބޭއްވި ރަސްމިއްޔާތަށް ރައްޔުތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ދައުވަތު ނުދެއްވާކަން އީވީއަށް އެނގިއްޖެއެވެ. އެމްޕީ ސަލީމު މިވަގުތު ހުންނެވީވެސް އޭދަފުށީގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމްޕީ ސަލީމުއަށް ދައުވަތު ނުދެއްވައި އެކަން އެނގިހުރެ އެރަސްމިއްޔާތުގައި ސަލީމު ބައިވެރިވެ ވަޑައިނުގެންނެވުމުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ސަލީމު މިކަން ސިފަކުރެއްވީ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް އެބޭފުޅާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެއްވި މުޑުދާރު އަދި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ.

” މި ދަށު ދަރަޖައިގެ އަމަލު އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އާއްމު ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް އެބޭފުޅާ އެވާހަކަ ދެއްކެވީ ކީއްވެގެންކަން ދަންނަވަން ނޭނގުނަސް އެބޭފުޅަކީ އަބަދުވެސް އެއްވެސް ޖެހިލުމަކާ ނުލައި ދޮގު ހެއްދެވުމުގެ ނުބައި އާދަ އަށަގެންފައިވާ ބޭފުޅެއްކަން އަޅުގަނޑަށް އެނގޭ. “ސަލ؛ީމު ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ އޭނާގެ ދާއިރާއަށް ސަރުކާރުން މިފަދަ މުހިއްމު އަދި ބޭނުންތެރި މަޝްރޫއެއް ފަށާއިރު އެކަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުން ވާކަމުގައެވެ. އެހެންނަމަވެސް ރައްމިއްޔާތަށް ދައުވަތު ނުލިބޭނަމަ ގޮސް ވަލު ދޮރާށިން ވަނުމަކީ ރީތިކަމެއް ކަމުގައިނުވާތީ އެކަމުގައި ބައިވެރި ނުވީކަމުގައެވެ. އަދި އެކަން ސަލީމުއަށް އަނގާފައި ނުއެކަން ނޭންގުމަކީ އެކަމުގައި ސިއްރު ކަންތައްތަކެއް ފޮރުވިފައިވާ ކަމެއް ކަމުގައެވެ.

ސަލީމު ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް މިފަދަ ކަންކަން އޮޅިފައިއޮވެދާނެތީވެ މިކަމުގެ ހަގީގަތް ސާފު ކޮށް ދިނުމަކީވެސް އޭނާ ކުރައްވަން ޖެހޭކަމެއް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top