ބ.އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު އަތުލައިގެންފި

EydhafushiDrug.jpg

ބ.އަތޮޅު ރިސޯޓަކަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާ ތަކެއްޗާއެކު ފުލުހުން އަތުލައިގެންފިއެވެ.

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއން އޭދަފުށީ ޕޮލިސް އަށް އިންޓެލިޖެންސުން ލިބުނު މައުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނި އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށް ފުުލުހުން ބުނެއެވެ.

އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ސެޕްޓެމްބަރ 26ވަނަ ދުވަހުގެ 19:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި 23 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 3 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ 7 ދުވަހުގެ މުއްދަތެއްދީފައެވެ.

މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top