ބ. ދަރަވަންދޫގައި ގެސްޓް ހައުސް މެނޭޖްމަންޓް ކޯހެއް ހިންގަން ހަމަޖެހިފައިވާތީ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ދަރަވަންދުއާއެކު އއ. ތޮއްޑު އާއި ވ. ފުލިދޫގައިވެސް މި ކޯސް ހިންމަށް އެމިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މި ރަށްރަށުގައި ހިންގަން ނިންމާފައިވަނީ ގެސްޓްހައުސް މެނޭޖްމަންޓްގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެވެ. ކޮންމެ ރަށަކުން 20 ފުރުސަތު ހުޅުވާލާފައިވާ އިރު، އެޕްލައި ކުރުމުގެ މުއްދަތަކީ މި މަހުގެ 25 އެވެ.
ލޯކަލް ޓޫރިޒަމްގެ ތެރެއިން ރާއްޖެތެރޭގައި މިހާރު ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އިރު، އެކި ހިސާބުތަކުގައި އަންނަނީ ގެސްޓްހައުސްތައް ހިންގަމުންނެވެ.