އާއްމުކޮށް ކޮންމެ މަހެއް ފެށުމުގެ ކުރިން އަންނަ ކަރަންޓު ބިލާއި ފެންބިލް މިމަހު އަދިވެސް ނުލިބޭތީ އެކަމާ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
މުއުތަބަރު މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ލިބޭ ގޮތުގައިމިދިޔަ އެޕްރީލް މަހުގެ ބިލް ނުލިބި ލަސްވެގެން ދަނީ ހެޑްއޮފިހުގެ ބިލިންގ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
ކަރަންޓު ބިިލް ލަސްވެގެން އެކަމާ ރައްޔިތުންް ތަފާތު ޝުއުރުތައް ފާޅުކުރަމުން ދަޓީ ފެނަކަ އޭދަފުށީ ބްރާންޗުގެ މެނޭޖަރު ތޮލާލު އަބްދުއްރަހުމާނާ ގުޅުމުން ވިދާޅުވީ މާދަމާ ކަރަންޓު ބިލްތައް ފޮނުވޭވަރު ވާނެކަމަށް ފެނަކަ ހެޑްއޮފީހުން އަނަގަވާފައި ވާ ކަމުގައެވެ.
”މިދިޔަ މަހުވެސް 75 އިންސައްތަ ގޭގެ ބިލްތައް ބޮޑުވެފައިވާތީ އެއަށް ޑިސްކަައުންޓެއް ލިބޭތޯ ސަރުކާރާ މަޝްވަރާ ކުރެވެމުން ދިއުމުން ބިލް ފޮނުވުން ލަސްވީ. އެކަމަކު މާދަމާ ބިލްތައް ޖެނެރޭޓް ކުރަން ފަށާނެ.“ ތޮލާލު ވިދާޅުވި އެވެ.
ސްޓެލްކޯއިން މިއަދު ބިލްތައް ނެރެފިކަމަށް ތޮލާލު ވިދާޅުވިއެވެ.
ކަރަންޓު ބިލް ތައްޔާރުކުރަނީ ރީޑިންގ ނަގާފަ ފޮނުވުމުން ފެނަކަ ހެޑް އޮފީހުންނެވެ.
ފެނަކައިން ކަރަންޓް ޚިދުމަތް ދޭ ރަށްރަށުގެ ކަރަންޓް ބިލް މިހާރު ހަދަނީ މިކޮޅުން ރީޑިންގ ނަގާފަ ފޮނުވުމުން ފެނަކަ ހެޑް އޮފީހުންނެވެ. މިއީ އަވަހަށް ޚިދުމަތް ދިނުމަށް އެޅޭ ހުރަހެއް ކަމަށާއި ހެޑް އޮފިހުގެ މަސައްކަތްތައް ގިނަވެ ތަފާތު މައްސަލަ ވެސް ދިމާވާނެ ކަމެއްކަން މީޑިޔާގައި ފާޅު ކުރަމުންދާ ޝުއޫރުތަކުން އެނގެއެވެ.