ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް އިދިކޮޅުން ޕާޓީ ބައިބައިކޮށްލަން މަސައްކަތް ކުރާނެ- އާދަމް ޝަރީފް

big_onGTk2Ce03TsHzFWltkHYmc8H-1.jpeg

އާދަމް ޝަރީފް (ވާތްފަރާތުގައި )ފޮޓޯ:އަވަސް

ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް އެއިރަކު އޮންނަ ވެރިކަން ކުރާ ޕާޓީ ބައިބައިކޮށްލުމަށް މަސައްކަތް ކުރުމަކީ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއް ކަމަށް ކުރީގެ ލޯކަލް ގަވަރުމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރި ޕާޓީތައް ކަމަށްވާ ޑީއާރްޕީ، ޕީޕީއެމް އަދި އެމްޑީޕީވެސް އެމަޅީގައި ޖެހުނު ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އެފަދަ ހުރިހާ ކަމެއްގެ ގެއްލުމެއް ތަހައްމަލް ކުރަންޖެހެނީ ރައްޔިތުން ކަމަށްވެސް ވިދާޅުވި އެވެ.

އެހެންކަމުން ޕީއެންސީ ބައިބައިވެގެން ދިއުމަށް ފުރުސަތު ނުދިނުމަށް އާދަމް ޝަރީފް އުމަރު އެދިވަޑައިގެންނެވި އެވެ.

“މިހާރުގެ އަމާޒަކަށް ވާނީ ޕީއެންސީ. އެކަމަަށް ހުޝިޔާރުވާންޖެހޭ،” އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިގައުމަށްޓަކައި ޕީއެންސީއަށް ކޮށްދެވޭނެ އެންމެ އަގު ބޮޑު ޚިދުމަތަކީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބު ކުރުން ކަމަށެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއާ ވާދަކުރެއްވުމަށް ޕީއެންސީގެ ތެރެއިން ބައެއް ބޭފުޅުން ނިކުންނަވާނެ ކަމަށް ބުނަމުންނެވެ. އޭގެތެރޭގައި އާދަމް ޝަރީފްގެ ނަންވެސް އިދިކޮޅު ފަރާތްތަކުގެ ލިސްޓުގައި ހިމަނަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top