ބ.އަތޮޅުން ވެސް ފައްޔާޒު ބޮޑުތަނުން ކުރީގައި

fayyaaz-7458454.png

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައީސް ނަޝީދަށް ބޮޑު ތާއީދެއް އޮންނަ ކަމަށް ބުނާ ބ. އަތޮޅުން ވެސް ވޯޓު ކާމިޔާބު ކޮށްފައި ވަނީ ރައީސް ސޯލިހުގެ ތާއީދާއެކު ނުކުންނެވި ފައްޔާޒަށް ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އެހެންކަމުން މި އިންތިހާބާއެކު ރައީސް ނަޝީދަށް ބ. އަތޮޅުން އޮތް ތާއީދު މިހާރު ނެތްކަން ސާބިތުވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބ. އަތޮޅުގައި ތިން ދާއިރާ އޮންނައިރު ކެންދޫ ދާއިރާ އާއި އޭދަފުށި ދާއިރާގެ ވޯޓު ކާމިޔާބުކޮށްފައި ވަނީ ފައްޔާޒެވެ. ނަމަވެސް ތުޅާދު ދާއިރާއިން 96 ވޯޓުގެ ތަފާތުން އިމްތިޔާޒް ވަނީ ކުރި ހޯއްދަވާފަ އެވެ.

ބ. އަތޮޅުގެ ދާއިރާތަކުން ވޯޓު ބެހިފައިވާ ގޮތް:

ކެންދޫ ދާއިރާ:

އިމްތިޔާޒު ފަހުމީ : 198 ވޯޓު

ފައްޔާޒު އިސްމާއީލް: 391 ވޯޓު

އޭދަފުށީ ދާއިރާ

އިމްތިޔާޒު ފަހުމީ: 234 ވޯޓު

ފައްޔާޒު އިސްމާއީލް: 317 ވޯޓު

ތުޅާދޫ ދާއިރާ:

އިމްތިޔާޒު ފަހުމީ: 430 ވޯޓު

ފައްޔާޒު އިސްމާއީލް: 334 ވޯޓު

މި އިންތިހާބުގައި ބ.އަތޮޅުގެ އިތުރުން ރާއްޖެ ތެރޭގެ ގިނަ ދާއިރާތަކުންވެސް ގިނަ ވޯޓު ހޯއްދެވީ ފައްޔާޒެވެ.

އެހެންކަމުން ރައީސް ނަޝީދަށް ރާއްޖެތެރެއިން ކުރިން އޮތް ބޮޑު ތާއީދު މިހާރު ފަޑުވަމުން އަންނަކަން ވަނީ ސާބިތުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top