ސްކޫލަކަށް މަސްތުވާތަކެތި ގެންދިޔަ ދަރިވަރެއްގެ މައްސަލަ ބަލަން ފަށައިފި

big_pHRZeALTiXYCEtw-1.jpg

މާލެއަތޮޅު މާފުށީ ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ ދަރިވަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު 11:34 ގައި އެ ސުކޫލު ކުއްޖަކު މަސްތުވާތެކެތި ސްކޫލަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މާފުށި ސްކޫލަށް މަސްތުވާތަކެތި ގެންދިޔައީ އެ ސްކޫލުގެ ދަރިވަރެކެވެ. އެ ދަރިވަރު ސްކޫލު ތެރޭގައި މަސްތުވާތަކެތި ވިއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ސްކޫލު ތެރޭގައި އިތުރު ކުދިންނާ ގުޅިގެން މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރެއެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top