ދަރަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގެންފި

big_0U0Lhf2KsptowJiQt7IZlaPy6.jpeg

މަސްތުވާތަކެތި އެތެެރެ ކުރަން އުޅުނީ ފިލްމް ހުސްކުރި ދަޅެއްގައި --ފޮޓޯ :ޕޮލިސް

ބ. ދަރަވަންދުއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ދަރަވަންދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ 27 އަހަރުގެ ފިރިހެނެއް ކަމަށާ މި މީހާ އިއްޔެ ހައްޔަރު ކޮށްފައިވަނީ ދަރަވަންދޫ އެއާޕޯޓުން ކަމަށެވެ.

އެ މީހާ ހުއްޓުވައި ބެލި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި ފިލްމު ހުސް ކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top