ދިރާގުން އިންޓަނެޓް ގެ އަގު ހެޔޮކޮށްފި .

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

ސަރުކާރުން އެފިފައިވާ ގޮތަށް ދިރާގުން އިންޓަނެޓް އަގު ހެޔޮ ކުރުމާއެކު އިތުރަށް ބޮޑެތި ޑިސްކައުންޓު ތަކެއް ދިނުމަށް ނިންމައިފި އެވެ.

ރާއްޖެ އަށް އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ދުވަސްވީ ކުންފުނި، ދިރާގުން ބުނީ އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު، ހުރިހާ ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ހިލޭ ދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދެވިފައިވުމާއެކު މީގެ ސަބަބުން 70 އިންސައްތަ އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް ދެގުނަ އަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި މޮބައިލް ކަސްޓަމަރުންނަށް ހިލޭ ދޭ ޑޭޓާ އިތުރުކޮށް ދިނުމުން، ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން 50 ޕަސެންޓް އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށެވެ.

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 140 ޕަސެންޓުގެ ޑޭޓާ އެލަވެންސް އެޕްރިލް އަދި މެއި މަހު ދިނުމާއެކު މިމަހު ހުރިހާ ބޫސްޓާ ތަކަށް ދީފައިވާ 50 ޕަސެންޓުގެ ޑިސްކައުންޓް އެޕްރީލު މަހު ވެސް ލިބޭނެ އެވެ.

މޮބައިލް ކަސްޓަމަރުންގެ ތެރެއިން ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އެޕްރީލު އަދި މެއި މަހު 50 ޕަސެންޓާއި 75 ޕަސެންޓުގެ އިތުރު ޑޭޓާ އެލަވަންސް ލިބުމާއެކު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަގާ މަންތްލީ ޑޭޓާ އެޑް-އޮން އަށް 50 ޕަސެންޓް އިތުރު ޑޭޓާ ވެސް ލިބޭނެއެވެ. 

ދިރާގުން ބުނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، އަދި ގިނަ އަދަދެއްގެ މީހުން މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި އާއިލާއާއި ރައްޓެހިންގެ ހާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށްވެސް މިހާރު މިވަނީ އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާތީ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އެންމެ މުހިންމުވެފައިވާ އެއް ޚިދުމަތަކީ އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުންކަމަށް ވާތީ ދިރާގުން އަންނަ މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ދިރާގުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން މިއަދު ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިއަށް އޮތް ދެމަހަށް ދިނުމަށް ނިންމާފައި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top