އުރީދޫ ފިކްސްޑް ލައިންތަކަށް ދުވާލަކު 5 ޖީބީ ހިލޭ ޑޭޓާ .

Dxnfq0ClW1c3xGyKdjaKIAiTHXGjdsFPBszwoKis-1.jpeg

އުރީދޫ މޯލްޑިވްސްގެ ފިކްސްޑް ލައިން ކަސްޓަމަރުންނަށް  ދުވާލަކު ފަސް ޖީބީ އިންޓަނެޓު ހިލޭ ދޭން ނިންމައިިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް ގޮންޖެހުން ތަކެއް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް މަޖުބޫރު ވެފައިވާތީ މި ދަތިތަކަށް ލުއިކަމެއް ގެނެސް ދިނުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެ މަތިން، އެ ކުންފުނީގެ ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭން އަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ކޮންމެ ދުވަހަކު 5 ޖީބީ ޑޭޓާ މުޅިން ހިލޭ ދޭން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި އޮފާގެ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަން ލިމިޓެޑް ތަޖުރިބާއެއް ދިނުން ކަމަށެވެ. މިގޮތުން، ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓް ވާނެ ކަމަށެވެ.

އެހެންކަމުން މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށާ ސުޕަނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު، 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއް ފަހަރު އަލުން އެކްޓިވޭޓްވެގެން ދާނެ އެވެ. މި އެލަވަންސްއަކީ ކޮވިޑް-19 އާއި ގުޅިގެން ސުޕަނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ 25 ޕަސެންޓް ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސް އެކެވެ. މި އޮފާ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބް ހާން ވިދާޅުވީ، މި ހާލަތުގައި އިންޓަނެޓްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. ވަކިން ހާއްސަކޮށް، ބޭނުންކުރެވޭ ނިސްބަތް ކުރު މުއްދަތެއްގެ ތެރޭގައި މަތިވަމުންދާނެ މި ފަދަ ހާލަތްތަކުގައި، އެންމެ ގިނަ ފަރާތްތަކަށް ފައިދާކުރާނެގޮތަށް، އެންމެ އެދެވޭގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމަށް ނަޖީބު ހާން އެދިވަޑައިގަތެވެ.
މޯބައިލް ޑޭޓާ ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް ފަސޭހައިން އެޅިދާނެ ފިޔަވަޅުތައް:
  • • ހުޅުވާފައި ހުންނަ އެޕުތައް ލެއްޕުން (ކްލޯޒްކުރުން)
  • • މުހިއްމުނޫން ބޭނުން ނުކުރާ އެޕުތައް ފޮހެލުން
  • • ބެކްގްރައުންޑް ޑޭޓާ ބޭނުންނުކުރާ ގޮތަށް ފޯނުގެ ސެޓިންގ ބަދަލުކުރުން
  • • ނެޓްފްލިކްސް، ޔޫޓިއުބް ފަދަ އެޕުތަކުން ސްޓްރީމް ކުރާ ފެންވަރު ދަށްކުރުން
  • • ޔޫޓިއުބް، ފޭސްބުކް، އަދި އިންސްޓަގްރާމުން އަމިއްލައަށް ވީޑިއޯ ޕްލޭ ނުކުރާގޮތް ހެދުން
  • • ޓީވީ ބެލުމުގެ ފުރުސަތު އޮތް ހާލަތްތަކުގައި ސްޓްރީމް ނުކޮށް ޓީވީ އިޚްތިޔާރު ކުރުން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top