ފަލަސްތީނަށް އެހީވުމަށް ބ.އަތޮޅުން ކަމަދޫ އިސްނަގައިފި !

691BC314-4872-4014-9873-39122B7E00A2-768x472.jpeg

އިޒްރޭލްގެ އަނިޔާގައި ދުވަސްތައް ގުނަމުންދާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ބ.ކަމަދޫ ކައުންސިލާއި ރައްޔިތުން ތެދުވެއްޖެއެވެ.

ކަމަދޫއަކީ ފަލަސްތީނަށް އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ބ،އަތޮޅުން ތެދުވި ފުރަތަމަ ރަށެވެ.

ކަމަދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝަރީފް ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް އެހިވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ރައްޔިތުންގެ އިސްނެގުމާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

މި ހަރަކާތްތަކުގެ ތެރޭގައި މިއަދު ކަމަދޫގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލުމުގެ އިވެންޓެއް ކުރިއަށް ގެންގޮސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެރަށުގައި ފަންޑު ފޮއްޓެއް ބަހައްޓާފަ އެވެ.

ހަމަ އެއާއެކު ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހެދިކާ ތައްޔާރުކޮށް އެތަކެތި ވިއްކައިގެން ލިބޭ ފައިސާވެސް ފަންޑު ފޮއްޓަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

ޝަރީފް ވިދާޅުވީ ފަލަސްތީނަށް ލިބެމުންދާ ނިކަމެތިކަމަކީ މުސްލިމް ކޮންމެ ރައްޔިތަކަށް ވެސް ލިބޭ ނިކަމެތިކަމެއް ކަމަށާއި މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އަޚުންނަށް އެހީވުން ކަމަށެވެ.

އިއްޔެއާއި ހަމައަށް އިޒްރޭލުން ދެމުންގެންދިޔަ ހަމަލާގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު ވަނީ 227 އަށް އަރާފައެވެ. އޭގެ ތެރޭގައި 64 ކުޑަކުދިން ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top