މާގަދައަށްރޯތީ، 6 މަހުގެ ކުއްޖަކު އަނގައިގައި ޓޭޕްއަޅައިފި

2-611.jpg

6 މަހުގެ ކުޑަކުއްޖަކު މާ ގަދައަށް ރޯތީ އެ ކުއްޖާގެ އަނގަ މަތީ ނަރުހަކު ޓޭޕު އަޅައިފި އެވެ.

ސައުދީ އަރަބިއްޔާގައި ހިނގި މި ހާދިސާ އާ ގުޅޭގޮތުން ވާހަކަދައްކަމުން މި 6 މަހުގެ ކުއްޖާގެ ބައްޕަ އަޔާދް އަލް އޮތައިބީ ބުނީ އޭނާގެ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ދުވަހަކު އެ ހޮސްޕިޓަލަށް ދިއުމުން ފެނިގެންދިޔައީ ބުނަން ވެސް އުނދަގޫ މަންޒަރުތަކެއް ކަމަށެވެ.

އެގޮތުން އޭނާގެ ދަރިފުޅުގެ އަނގަމަތީ އޮތީ ޓޭޕް އަޅާފަ ކަމަށާއި އަދި ވަގުތުން ނަރުހުންގެ ގާތަށް ގޮސް ދަރިފުޅުގެ އަނގަމަތީ ޓޭޕް އެޅީ ކީއްވެގެންތޯ އެހިކަމަށް އޮތައިބީ ބުންޏެވެ.

“އަހަރެން ވަގުތުން ނަރުހުންގެ ގާތަށް ގޮސް އެހިން ކީއްވެހޭ އަހަރެންގެ ދަރިފުޅުގެ އަނގަމަތީ ޓޭޕްއަޅާފަ އެއޮތީ. ބުނީމަ އެތަނުން ނަރުހެއް ބުނި ޓޭޕްއެޅީ އަހަރެންގެ ދަރިފުޅު މާގަދައަށް ރޯތީ އޭ” އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

އޮތައިބީ ބުނީ އޭނާގެ ދަރިފުޅުގެ އިތުރުން އެހެން ކުދިންތަކެއްގެ އަނގަމަތީ ވެސް ހަަމަ މިގޮތަށް ޓޭޕްއަޅާފައި ހުރިތަން ފެނުނު ކަމަށެވެ. މިފަދަ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ހިނގައިގެން ވާނެ ކަންތައްތަކެއް ނޫންކަމަށާއި މިފަދަ ކަންތައްތަށް ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އޮތައިބީ ވަނީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

ސައުދީ އަރަބިއްޔާގައި މިފަދަ ހާދިސާއެއް މިދިޔަ އަހަރު ވެސް ހިނގި އެވެ. ނަމަވެސް އެ ހާދިސާ ހިނގުމުން ވެސް އެކަން ކުރި ފަރާތްތަކާ މެދު ސައުދީގެ ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ރިޕޯޓްތަށް ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top