ދާއިމީ ނަތީޖާ މާދަމާ އިއުލާނުކުރަނީ

662835938_1404911235009922_6448195656808020794_n-e1775851447606.jpg

ފޮޓޯ: އީސީ

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިާޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާފަ އެވެ.

މި ވޯޓުތަކުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު އީސީ އިން ބުނީ ދާއިމީ ނަތީޖާ މާދަމާ އިއުލާނު ކުރާނެ ކަމަށެވެ.

އީސީން ބުނީ، މިހާތަނަށް ދާއިމީ ނަތީޖާ އިއުލާން ނުކޮށް ހުރީ ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ ކަމަށެވެ. ނަމަވެސް އެ ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ނިންމައި، އޭގެ ދާއިމީ ނަތީޖާ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މި ވޯޓުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދިޔަ އެވެ.

ޚިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 68 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް ވޯޓުދީފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑިވެސް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. މޭޔަރުކަމުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ގިނަ ގޮނޑިތައްވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top