ފިޔަވަތީގައި ދިރިއުޅެމުންދިޔަ 17 ކުއްޖަކު އޭދަފުށި”އަމާން ވެއްޓަށް“

big_dx9pZleGnvD3kCr5NSmQj8Mz7.jpg

ޖެންޑާ މިނިސްޓަރު އައިޝްތު މުހައްމަދު ދީދީ --ފޮޓޯ :ޕީއެސްއެމް ނިއުސް

ވިލިމާލޭގައި ގާއިމް ކޮށްފައިހުންނަ ފިޔަވަތީގައި ދައުލަތުގެ ބެލުމުގެ ދަށުން ދިރިއުޅެމުންދިޔަ 17 ކުއްޖަކު އޭދަފުށި “އަމާން ވެށި” އަށް މިއަދު ބަދަލުކޮށްފިއެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންގައި އެ ކުދިން ގޮވައިގެން އޭދަފުއްޓަށް ވަޑައިގަތީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި ކުދިން އެތަނަށް ބަދަލުކޮށްފައި ވަނީ އިޖުތިމާއީ ގޮތުންނާއި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުން ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

އޭދަފުށީ ”އަމާން ވެއްޓަކީ” ދެ ބުރިއަށް ހަދާފައި ހުންނަ ބޮޑު ގެ އެކެވެ. ކުދިންގެ އަދަދަށް ބަހާލައި، ކޮންމެ ދެ ކުއްޖަކަށް ކޮޓަރިއެއް ހުންނައިރު، ޑައިނިން ރޫމަކާއި ލައިބްރަރީ އަކާއި އިންޓަނެޓް ކެފޭ އަކާއި ހެލްތު ރޫމެއް ހުރެ އެވެ. ކުދިންނަށް ކުޅެވޭ ގޮތަށް، ތަނުގެ ގޯތިތެރެ ފައްކާކޮށްފައި ވެ އެވެ. އެ ގެއާ ޖެހިގެން، އިދާރީ އިމާރާތެއް ވެސް ވަނީ ހަދައިފަ އެވެ. ކުދިންގެ ހިދުމަތުގައި 30 މުވައްޒަފުން އެތަނުގައި އުޅެ އެވެ.

ޖެންޑާ އިން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށާއި، ހާލަތު ނިޔާކުރާ ގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ ކަަމަށެވެ.

“އަޅުގަނޑުމެން ޤަބޫލުކުރަނީ ކުދިންނަށް ބޭނުންވާ އެންމެ ބޮޑު އަޅާލުމެއް އާއިލާތެރެއިން ލިބޭއިރު މުޖުތަމައަކީވެސް ކުއްޖާގެ ހެދި ބޮޑުވުމުގައި މުހިއްމު ބައެއްކަމަށްވަނީ. އެހެންކަމުން ކުދިން ބަންދުކޮށްގެން ނުއެއް ގެންގުޅެވޭނެ. އެކުދިންނަށް މުޖުތަމަޢު ތެރެއިން ދަސްވާންޖެހޭ މުހިއްމު ކަންކަންވެސް އެބަހުރޭ. އެމިސްރާބަށް ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅުކަމަށް އަޅުގަނޑު ގާބޫލުކުރަނީ އޭދަފުށީގެ އަމާންވެއްޓަކީ” މިނިސްޓަރ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން ދިރިއުޅެމުންދެއެވެ. މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އަތޮޅު ތެރޭގައި ޤާއިމުކުރެވޭ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ އާއިލާގެ އެހެން ކުދިންނާއެކުގައެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން ޢާއިލާތަކާ ވެސް ގުޅުވާ ދެވިފައެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެ އެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުޞަތު ލިބިގެން ދިއުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާއްމު ދިރިއުޅުމަށް ނުކުތުމަށް މަގު ފަހިވެގެންދާނެއެވެ.

އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 4 ސަރަޙައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްޤީކުރެވެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top