މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

DSCN9825.jpg

އޭދަފުއްޓަށް ބޯކޮށް ވާރޭ ވެހެނީ

ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ޑިޕާޓްމަންޓް އޮފް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން އިލްތިމާސް ކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބޮޑުބަޔަކަށް އަދި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެކަމަށެވެ.

“އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަ ވާނެ. އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް ދަންނަވަން. ހާއްސަކޮށް އުތުރާއި މެދުތެރޭގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުން އެދެން،” މެޓް އޮފީހުން ބުންޏެވެ.

“އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ،” މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ވ، އަތޮޅަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top