އޭދަފުށީ ފަޅުތެރެއިން ފަތްބޮނޑިއެއް؟

ކކކ.jpg

މިއަދު ހެނދުނު 10 ގެ ފަހުން ސޯޝަލް މީޑިޔާ ”ކެކެމުން” އެދަނީ އޭދަފުށީ އުތުރުފަރާތު ފަޅުތެރެއިން ގޮތް ނޭގޭ ޒާތުގެ ބޮޑު ޕެކެޓެއް ފެނިގެން އެއާއެމެދު އެކި މީހުން އެކި ގޮތަށް ޚިޔާލު ފާޅު ކުރުމުގައެވެ.

ދެފެން ދޭތެރޭގައި އޮވެ އޮޔާ ދެމެމުން އޭދަފުއްޓަށް ލައްގާފައިވާ ކަޅުކުލައިގެ ކޮތަޅެއްގައި ބަންދުކޮށްފައިވާ މިޕެކެޓުގައި 15 އާއި 20 ކިލޯއާ ދެމެދުގެ ބަރުދަން ހުންނާނެ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މި ޕެކެޓާ ބެހޭ ގޮތުން އޭދަފުށީ ކައުންސިލް ގެ މަންބަރު ނައުޝާދު އަހުމަދު ވިދާޅުވީ އޭދަފުއްޓަށް ލެއްގި އެޕެކެޓު އޮތީ ވަރަށް ރީތިކޮށް ޕެކްކޮށްފައި ކަމަށެވެ.

“އެޕެކެޓު ތެރޭގައި ހުރީ ފާޑެއްގެ ފަތްތަކެއް. ވަރަށް ރީތި ކޮށް ތަރުރީބު ކޮށް ބަރިއަކަށް ޖައްސައި އައްސާފައި ހުރީ. މަސްތުވާ ތަކެތި ކަމެއް ސީދާ ދަންނަވާކަށް ނޭގެ.” ނައުޝާދު ވިދާޅުވި އެވެ.

މިހާރު އެޕެކެޓު ވަނީ އޭދަފުށީ ޕޮލިސް ގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބަންދުކޮށްފައިވާ ފަތްތަކެއް އޭދަފުށި ފަޅުތެރެއިން ފެނިފައިވަނީ މިއަދު 10:14 ހާއިރު ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top