ވޭތުވެދިޔަ 24 ގަޑިިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ ބ. ގޮއިދުއަށް. ދެން ތުޅާދުއަށް

DSCN7572.jpg

މުޅި ރާއްޖެއަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ ބ.ގޮއިދޫއަށް ކަމުގައި މޫސުމާބެހޭ ގައުމީ އިދާރާ (މެޓްއޮފީސް ) އިން ބުނެފިއެވެ.

މެޓް އޮފީހުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް ބ. ގޮއިދޫއަށް 131 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑުތަކުން ދައްކަ އެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. ތުޅާދޫ އާއި އއ. ތޮއްޑޫ އަށެވެ. އެ ދެ ރަށަށް 85 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައި ވާއިރު، ކ. ގާފަރަށް 83 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މެޓް އޮފީހުގެ ރިކޯޑުތަކަށް ބަލާއިރު، ވޭތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް ވާރޭ ވެހިފައެއް ނުވެ އެވެ.

އެގޮތުން ހއ. އަދި ހދ. އަތޮޅާއި، އައްޑޫ އަތޮޅަށް ރިކޯޑްކޮށްފައި ވަނީ 0 މިލިމީޓަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top