ސޮނެވާގެ މައިނޯރިޓީ ހިއްސާ، އެމެރިކާ ކުންފުންޏަކުން ގަނެފި

3-Bedroom-Soneva-Fushi-Villa-Suite-with-Pool.jpg

ސޮނެވާފުށި.ރިސޯޓު--މި ރިސޯޓުގައި އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ގިނަ ޒުވާނުން ވަޒީފާ އަދާ ކުރަމުން ގެންދޭ. ފޮޓޯ/ޓީއެމްްޓީ މޯލްޑިވްސް.ކޮމް

އޭދަފުއްޓާ ކިލޯމީޓަރެއްހައި ކައިރީގައި އޮންނަ ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޜެއްކަމުގައިވާ ސޮނެވާފުށި ރިސޯޓު ހިންގަމުން އަންނަ ސޮނެވާ ކުންފުނީގެ މައިނޯރިޓީ ހިއްސާ، ހޮޓެލް އިންޑަސްްްޓްރީ ގައި މަޝްހޫރު އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކޭއެސްއެލް އިން ގަނެފި އެވެ.

ހޮޓެލް މެނޭޖްމެންޓް ވެބްސައިޓުގައި ބުނާ ގޮތުން ކޭއެސްއެލް ކެޕިޓަލް ޕާޓްނާސް އިން ގަނެފައި ވަނީ ސޮނޭވާ ކުންފުނީގެ ހިއްސާގެ ކުޑަ މިންވަރެކެވެ. ނަމަވެސް އެއީ ކިހާ ވަރެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ސޮނޭވާގެ ރިސޯޓުތައް ރާއްޖޭގެ އިތުރުން ތައިލެންޑް ގައި ވެސް ހުރެ އެވެ.

ސޮނޭވާ އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ސޮނޭވާފުއްޓާއި ސޮނޭވާ ޖާނީ ހިމެނެ އެވެ. ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަތުމުން އެ ކުންފުނި އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ.

ކޭއެސްއެލް އަކީ ޓްރެވެލް އާއި ހޮސްޕިޓާލިޓީ ދާއިރާ އަށް އިންވެސްޓް ކުރަމުން އަންނަ ކުންފުންޏެވެ. ސޮނޭވާގެ 25 އަހަރުގެ ތަޖުރިބާއާ އެކު އެއީ ކުރިމަގު އޮތް ބްރޭންޑެއް ކަމަށް ކޭއެސްއެލް އިން ގަބޫލު ކުރެ އެވެ. މި ގުޅުމާ އެކު ދެ ކުންފުންޏަށް ވެސް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސޮނޭވާ ކުންފުނި އުފެއްދީ 1995 ވަނަ އަހަރު ސޯނޫ ޝިވްދަސާނީ އެވެ.

ކޭއެސްއެލްއާ އެކު މި ގާއިމް ކުރި ގުޅުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ކުންފުނި މިހާރަށް ވުރެ ބޮޑަށް ފުޅާ ކުރެވޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް ސޯނޫ ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top