ޑީއައިކަޕް 2019: ފަހަތުން އަރައި ދޮންފަނުން އޭދަފުށި ހުއްޓުވައިފި

viber_image_2019-12-01_21-15-59.jpg

މިއަދުގެ މެޗްގައި ދޮންފަނުން ލަނޑެއް ޖެހުމަށްފަހު ކުޅުންތެރިއަކު ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ / ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް އިންތިިޒާމް ކޮމެޓީ

މިއަދު ހަވީރު ދޮންފަނުގައި ފެށި ދޮންފަނު އިންވިޓޭޝަން ކަޕްގެ ފުރަތަމަ މެޗް އޭދަފުއްޓާ ދޮންފަނު އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗް ފަށައިގެން މޮޅަށްކުޅުނު އޭދަފުށީ ޓީމުން ފުރަތަމަ ހާފްގައި 2 ލަނޑުޖަހައި ލީޑް ނެގިއެވެ. ފުރަތަމަ ލަނޑު 25 މިނެޓްގައި އަލީ ނަސީމް (ދިއްލޭ) ޖެހިއިރު، 43 ވަނަ މިނެޓްގައި ދެވަނަ ލަނޑުޖެހީ އިބްރާހީމް ޝަރީޕް (ލުއްޑާ) އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ދޮންފަނުން ވަނީ ލަނޑެއްޖަހައި ސުން ކަނޑުވާލާފައެވެ. 45 ވަނަ މިނެޓްގައި ޖެހި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އައިމަންއެވެ.

ދެވަނަހާފަށް ނުކުމެ ދޮންފަނަށް ހަމަޖެހިނުލެވެނީސް އޭދަފުށިން ތިންވަނަ ލަނޑުޖަހައި ލީޑް ފުޅާކުރި ނަމަވެސް ފަހުވަގުތު ދޮންފަނުންވަނީ އާދަޔާ ހިލާފް ހިއްވަރެއްލައި އޭދަފުށި ބުރަކި ޖައްސާފައެވެ. އޭދަފުށީގެ 3 ވަނަލަނޑު 51 ވަނަ މިނެޓްގައި ލުއްޑާ ޖަހާފައިވަނިކޮށް، ދޮންފަނުން އިތުރު ދެލަނޑު ޖެހީ 61 ވަނަ މިނެޓާއި، 74 ވަނަ މިނެޓްގައެވެ. މިލަނޑުތައް ދޮންފަނަށް ޖަހައިދިނީ އިބްރާހީމް އިރުޝާން އެވެ.

މެޗް އެއްވަރުވެގެން ނިމެންދިޔައިރު ދޮންފަނުގެ ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން ދަނޑުގެ ސަރަހައްދު އަޑުދިޔައީ ގަނދަވަމުންނެވެ. އަދި އޭދަފުށިން މޮޅުވާން ކުރި މަސައްކަތް ދޮންފަނުގެ ޑިފެންސް ލައިން ވަނީ ހުއްޓުވައި ގްރޫޕްގެ އެއްވަނާގައި އޭދަފުއްޓާއެކު 1 ޕޮއިންޓް ހިއްސާކޮށްފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލުއްޑާއެވެ.

މުބާރާތުގެ މެޗެއް މާދަމާވެސް ކުޅެވޭނެއެވެ. މާދަމާކުޅޭ މެޗުގައި ކެންދޫއާ ދެކޮޅަށް ނުކުންނާނީ ދަރަވަންދޫ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top