ރޯދައަށް މި އަހަރުވެސް ސައޫދީން ރާއްޖެއަށް ކަދުރު ދީފި

img_md_202103290114451617005685.9079.jpg

ސައޫދީ ސަރުކާރުން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރުމުގެ ރަސްމިއްޔާތު

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރޯދައާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން 25 ޓަނުގެ ކަދުރު ރާއްޖެއަށް އިއްޔެ ހަދިޔާކޮށްފި އެވެ.

ސައުދީން ދިން ކަދުރާ ދިވެހި ސަރުކާރުން ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ސައުދީ ސަރުކާރުގެ ފަރާތުން އެ ކަދުރު ޝިޕްމަންޓް ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުތުރިކް ބިން އަބްދުﷲ އެވެ.

މި ކަދުރަކީ އަންނަ ރަމަޟާންމަހު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ހަދިޔާކުރި ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުރީ އަހަރުތަކުގައި ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރި ނަމަވެސް މިފަހަރު ހަދިޔާކުރީ 25 ޓަނު މަދުންނެވެ.

ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުގެ އިތުރުން އިސްލާމީ ބައެއް އެހެން ގައުމުތަކުންނާއި އިސްލާމީ ޖަމާއަތްތަކުން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. ނަމަވެސް ހުސްވި އަހަރުގެ ރަމަޟާން މަހު، ކޮވިޑްގެ ތެރޭގައި ސައޫދީ ސަރުކާރުން ދިން ކަދުރު ބެހި ގޮތާއި މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މިއަހަރު ކަދުރު ބަހާނެ ގޮތެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top