އިންވިޓޭޝަން ކަޕްގެ ހަމައެކަނި ޓާގެޓަކީ ޗެންޕިއަންކަން – ގޮއިދޫ ޓީމް

12373349_1693385304238556_5334994478045371302_n.jpg

ބ. ގޮއިދޫ ފުޓްބޯޅަ ޓީމް. އިންވިޓޭޝަން ކަޕްގެ ޓާގެޓަކީ ޗެންޕިއަންކަން ކަމަށް ގޮއިދޫ ޓީމުން ބުނޭ / ފޮޓޯ: ގޮއިދޫ ފުޓްބޯޅަ ޓީމް

ބ. އަތޮޅަށް ހުޅުވާލައިގެން އަންނަމަހު ބ. ދޮންފަނުގައި ފެށުމަށް ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ ދޮންފަނުގެ އިންވިޓޭޝަން ކަޕްގެ ހަމައެކަނި ޓާގެޓަކީ މުބާރާތުގެ ޗެންޕިއަންކަން ކަމަށް ބ. ގޮއިދޫ ޓީމުން ބުނެފިއެވެ.

އިންވިޓޭޝަން ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރަން މިއަހަރު ނިންމާފައިވާ ގޮއިދޫއަކީ ސީނިއަރ ފުޓްބޯޅައިގައި މިވަގުތު ބ. އަތޮޅުގެ ރަސްގެފާނެވެ. ގޮއިދޫ ޓީމްގެ މެނޭޖަރ އަހްމަދު ރިޔާޒު މިއަދު އީވީއަށް ވިދާޅުވީ ގޮއިދޫގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ސްކޮޑަކީ މިވަގުތު ބ. އަތޮޅުގައި އޮތް އެންމެ ވަރުގަދަ ސްކޮޑްކަމަށާ، މުބާރާތުގެ ހަމައެކަނި ޓާގެޓަކީ ޗެންޕިއަންކަން ހޯދުން ކަމަށެވެ.

“ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިންގެ ޓީމެއް އެބައޮތް ގޮއިދޫގައި މިވަގުތު. އަޅުގަނޑަށް ބުނަން ކެރޭ މިވަރު ސްކޮޑެއް މިވަގުތު ބ. އަތޮޅުގައި ނޯންނާނެއޭވެސް. ސެމީއަކަށް ފައިނަލަކަށް ދާކަށް ނޫން ވިސްނުން ހުރީކީ. ޓާގެޓް ހުރީ ހަމައެކަނި ޗެންޕިއަންކަމަށް” ބ. އަތޮޅު ޗެލެންޖުގެ އެންމެ ފަހުގެ 5 މުބާރާތުން 3 މުބާރާތް ކާމިޔާބުކުރިއިރު ޓީމްގެ މެނޭޖަރުކަންވެސް ކުރި ރިޔާޒް ބުންޏެވެ.

ރިޔާޒު ބުނީ އިންވިޓޭޝަންކަޕްގައި ގޮއިދޫއާއި އެންމެ ބޮޑު ވާދައެއް ކުރާނީ އޭދަފުށި ޓީމު ކަމަށް ދެކޭ ކަމަށެވެ. އޭނާ ބުނީ ޗެންޕިއަންކަމުގެ ފޮނި ރަހަ ރަނގަޅަށް ދެނީވެސް އޭދަފުއްޓާ ކުޅެގެން ޗެންޕިއަންކަން ހޯދިއްޖެނަމަ ކަމަށެވެ.

“އޭދަފުއްޓަކީ ގޮއިދޫއާ އެންމެ ވާދަވެރި އެއްރަށް. އަޅުގަނޑުމެންގެ ފުރަތަމަ ޓާގެޓަކީ ގްރޫޕް ސްޓޭޖްގައި އޭދަފުށި ބަލިކުރުން. ފައިނަލްގައި އޭދަފުއްޓާ ޖައްސައިގެން މޮޅުވުން ބޭނުމީ. އެއީ އެންމެ ހިތްހަމަޖެހޭނެ ގޮތަކީވެސް” ރިޔާޒު އިތުރުކޮށްލިއެވެ.

ދޮންފަނު އިންވިޓޭޝަން ކަޕަކީ 2016ވަނަ އަހަރުން ފެށިގެން ބ.އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ އަހަރު ހަތަރު ރަށަކުން ވާދަ މުރި މި މުބާރާތުގައި މިއަހަރު އަލަށް ވާދަކުރާ ގޮއިދޫއާ، އޭދަފުއްޓާއެކު 5 ޓީމް ވާދަކުރެއެވެ. މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 15ގައެވެ. މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަންއަކީ ކިހާދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top