ކިހާދޫގައި ހިންގި ގާރީ ކޯސްތަކުގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

DFS.jpg

ގާރީ ކޯހުން ގްރެޖުއޭޓްވި ދަރިވަރިން. ފޮޓޯ: ކިހާ ޖަމިއްޔާ

ބ. ކިހާދޫ ކިހާ ޖަމިއްޔާ ގެ ފަރާތުން އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާނާއި ކިހާދޫ ކައުންސިލު ގުޅިގެން ހިންގި ޤާރީ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.

ހުކުރު ދުވަހުގެ ރޭ ކިހާދޫ ސްކޫލްގައި އޮތް ހަފްލާއެއްގައި ބައިވެރިންނަށް ސެތްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމިކް ޔުނިވަސިޓީގެ ދެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަން ޑޮކްޓަރ މަރިޔަމް ޝަހުނީޒާ އެވެ. އެ ހަފުލާގައި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާނުގެ ފަރާތުން ރެކްޓާ އަލްއުސްތާޒު އަލީ ޒިޔާދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްކިޔުކޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް އެކެއް އަދި ދޭއްގެ މި ކޯހުގައި ކިހާދޫގެ 78 މީހުން ބައިވެރިވެ ކޯސް ފުރިހަމަ ކުރިއެވެ.

ކިހާ ޖަމިއްޔާއިން ބުނީ، ގާރީ ލެވެލްގެ އިތުރު ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top