ސަރުކާރުގެ އޮފީސްތައް އަމިއްލަ އިމާރާތްތަކުގައި ހިންގާތީ އެމްޕީ އަލީގެ ފާޑުކިޔުން

big_dhNY8azSO0csJ3QFKQzaHOh09.jpeg

ކެންދޫ ދާއިރާގެ މެންބަރު ،އަލީ ހުސެއިން

ސަރުކާރުގެ ބައެއް މުވައްސަސާތައް އަމިއްލަ މީހުންގެ އިމާރާތްތަކުގައި ހިންގާތީ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގެ ބަހުސްގައި އަލީ ހުސެއިން މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ބިމެއް އޮތީ ދިވެހި ދައުލަތުގައި ކަމަށާއި އިމާރާތްތައް ކުރަން ބޭނުންވާ ފައިސާ އާއި ކުންފުނިތައް ވެސް ދައުލަތުގައި އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން އޮތް ނަމަވެސް ދައުލަތުގެ ގިނަ މުއައްސަސާތަކާއި އިދާރާތައް ހިންގަނީ އަމިއްލަ މީހުންގެ ގޭގައި ކަމަށާއި އެއީ އޭނާ ކަންބޮޑުވާ ކަމެއް ކަމަށެވެ.

“މި މަޖިލިސް ނިންމާލާފަ ދާއިރުގައި އެބަ ފެނޭ އަމިއްލަ މީހެއްގެ ގެއެއްގެ ފާރުގެ ބޭރުގައި އޭސީސީގެ ނަން ބޯޑު. ޖޭއެސްސީގެ ނަން ބޯޑު. މާފަންނުން ދާއިރުގައި ވެސް އެބަ ފެނޭ ބައެއް މިނިސްޓްރީތަކުގެ ނަން ބޯޑު ބައެއް އަމިއްލަ މީހުންގެ ގޭގޭގަ ޖަހާފައި.” އަލި ހުސެއިން ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ޖުޑީޝިއަރީ އާ ގުޅުން ހުރި އިމާރާތްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުހިންމު ދައުލަތުގެ އިމާރާތްތައް ހިންގުމަކީ އެންމެ ރަނގަޅު ކަމެއްތޯ އައްސަވައި އެކަމާމެދު ސުވާލު އުފައްދަވާފަ އެވެ. އަދި އެކަން ބަދަލުވާނެތޯ އަބަދުވެސް ހިތުގައި ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.

އަލީ ވިދާޅުވި ގޮތުގައި 2008 ގެ ފަހުން މާލޭގައި ކޯޓުތަކުގެ އާ އިމާރާތެއް އަޅާފައި ނުވެއެވެ. އަދި މިހާރު ވެސް ކޯޓުތަކުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަން ފާހަގަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top