ބ.އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ފަށައިފި

7-1-800x468-800x468.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

69 ދަރިވަރުންނާއެކު ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރުގެެ އޯލެވެލް އިމްތިހާނު ފަށައިފި އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒެކޭ އެއްފަދައިން ރާއްޖޭގެ ހުރިހާ މަދަރުސާއެއްގެ ގްރޭޑް 10ގެ ދަރިވަރުންވެސް މިއަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު އިއްޔެ ވަނީ ފަށާފައެވެ.

އެގޮތުން މާލެއާއި އަތޮޅުތެރޭގެ 5802 ދަރިވަރުން މިއަހަރު މި އިމްތިހާނުގައި ވަނީ ބައިވެރިވެފަ އެވެ.

މި އިމްތިހާނުގައި އިއްޔެއާއި މިއަދު އޮތީ އެސްއެސްސީ އިމްތިހާނުގެ ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނުގައިވެސް 190 އާ ގާތްކުރާ އަދަދަކަށް ސްކޫލް، ސެންޓަރުތަކުން ބައިވެރިވެފައިވާއިރު، މިއަހަރު އޯލެވެލްގައި ބައިވެރިވެފައިވާ ކުދިންގެ ތެރެއިން 5303 ކުދިން އިސްލާމް އާއި  ދިވެހީގައި ވަނީ ބައިވެރިވެފަ އެވެ.

މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް މި އިމްތިހާން ކުރިއަށްދާ އިރު، އޯލެވެލް އިމްތިހާނާއެކު މި އަހަރުގެ އޭލެވެލް، އެޗްއެސްސީ އިމްތިހާނު ވެސް ކުރިޔަށް ދާނެއެވެ.

އޭލެވެލް ފެށޭނީ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު ދުވަހުއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top