މަންތާ އެއާ އިން ހިންގާ ކެބިން ކްރޫން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

img_md_202205021123531651515833.1309.jpeg

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތްދޭ މަންތާ އެއާ އިން ކެބިން ކްރޫން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މަންތާ އެއާލައިނުން މިއަދު ބުނީ އަންނަ ޖުލައި މަހު ފަށާ ކެބިން ކުރޫން ތަމްރީނު ކުރާ ޕްރޮގްރާމް ކުރިޔަށް ގެންދާނީ ފަސް ހަފުތާގެ މުއްދަތަށް ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެ އެއާލައިނުގައި މަސައްކަތްކުރުމަށް އިސްކަން ދެވޭނެ ކަމަށްވެސް މަންޓާ އެއާއިން ބުނެއެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ ދަތުރުފަތުރުގެ ހިދުމަތަށް ނުކުތް ޑޮމެސްޓިކް އެއާލައިނުން ބުނީ ކެބިން ކްރޫ އިނިޝިއަލް ޓްރޭނިން އަކީ އޯ ލެވެލް އިން ތިން މާއްދާ އިން ފާސްވެފައިވާ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ފަސް ހަފުތާގެ މުއްދަތަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި މަހުގެ 25 އާ ހަމައަށް ކުރިމަތިލާން ހުޅުވާލާފައިވާ ޕްރިގްރާމްގެ ފީ އަކީ 14،000ރ. އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top