ފައިނަލް ބުރަށް އޭދަފުށި ފުޓްބޯޅަ ދަނޑާއި، ވަސީލަތްތައް ބަލައިފި

futball.jpg

މިނިވަން ޗެންޕިއަންޝިޕް ފައިނަލް ބުރު ބޭއްވުމަށް އޭދަފުށިގެ ފުޓްބޯޅަ ދަނޑު ބެލުމުގެ މަސައްކަތް އެފްއޭއެމްގެ ޓީމުން އިއްޔެ ކުރަނީ. / ފޮޓޯ: އޭދަފުށި ވޮއިސް

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ޗެންޕިއަންޝިޕް ފައިނަލް ބުރު ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި އެފްއޭއެމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އޭދަފުށީ ފުޓްބޯޅަ ދަނޑާއި، އެހެނިހެން ވަސީލަތްތައް ހުރިނެތްގޮތް ބަލައިފިއެވެ.

ފައިނަލް ބުރުގެ މެޗްތައް ކުޅުމަށް އޭދަފުށިންވެސް ވަނީ ބިޑްކޮށްފައެވެ. އެފްއޭއެމްގެ ފަރާތުން އޭދަފުއްޓަށް ޒިޔާރަތްކުރި 3 ބޭފުޅުންގެ ޓީމުން އޭދަފުށީގެ ފުޓްބޯޅަ ދަނޑާއި، ވަސީލަތްތައް ބެއްލެވީ އިއްޔެކަމަށް އޭދަފުށި ކައުންސިލުން ބުނެއެވެ. އޭދަފުށީ ކައުންސިލުން ބުނީ އެފްއޭއެމްގެ ޓީމުން ފުޓްބޯޅަ ދަނޑުގެ އިތުރުން ޓީމްތައް އެކަމަޑޭޓް ކުރެވެން ހުރި ގޮތްތަކާއި، ދަތުރުފަތުރު ކުރެވޭނޭ ގޮތްތައްފަދަ ކަންކަން ބަލާ މޮނިޓާ ކުރިކަމަށެވެ.

އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ އެފްއޭއެމުން ގޮތެއް ނިންމާނީ، ޓީމް މާލެ ދިއުމަށްފަހުކަމަށެވެ. އޭނާ ވިދާޅުވީ އޭދަފުށިގައި ފައިނަލް ބުރު ބޭއްވުމަށް ކަނޑައަޅާނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

“ވަރަށް ބޮޑަށް އުއްމީދުކުރަން ބޭއްވޭނެކަމަށް. ސީދާ އެފްއޭއެމަކުން ނުބުނޭ ގޯހެކޭވެސް ރަނގަޅެކޭވެސް އަދި، އެހެންނަމަވެސް ވާހަކަތަކަށް ބަލާއިރު އުއްމީދު ބޮޑު”

އެފްއޭއެމުން ބުނާ ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޒޯން ޗެންޕިއަންތަކުގެ ތެރެއިން އއ. މާޅޮހާއި ށ. މިލަންދޫ ނޫން ހުރިހާ ރަށަކުން މުބާރާތް ބޭއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. ފައިނަލް ބުރު ބާއްވަން ޝައުގުވެރިވި ރަށްތަކަކީ ހދ. ކުޅުދުއްފުށި ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ ، ތ. ތިމަރަފުށި . ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ފޭދޫ އެވެ. މީގެތެރެއިން މުބާރާތް ބާއްވާނީ ކޮންމެވެސް ދެ ރަށެއްގައެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން މުބާރާތުގެ ފައިނަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ބާއްވާ ފައިނަލް ބުރުގެ ގުރުއަތުލުން އަންނަ ހަފްތާގައި ބޭއްވުމަށް އެފްއޭއެމުން ދަނީ ތައްޔާރުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top