އަންނަ ހުކުރުދުވަހު އިދިކޮޅުން މުޅި ރާއްޖޭގައި މުޒާހަރާކުރަނީ

b_72dHEZXxkL48jxPLIFpVdfb1u.jpg

: ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ވަން ފޮޓޯ: މުހައްމަދު އައުޒަމް

އަންނަ ހުކުރު ދުވަހު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން ސީދާ ހަރަކާތަށް ނުކުތުމަށް އަންނަ ހުކުރު ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަގުމަތީގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ މުޒާހަރާގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ބައިވެރިވެ އެ މަނިކުފާނު މިނިވަން ކުރަން ސަރުކާރަށް ގޮވާލާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އެ މުޒާހަރާއަކީ ރާއްޖޭގައި ގެއްލެމުންދާ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ހޯދުމަށް “އިންސާފު ކޮބާ؟”ގެ ނަމުގައި ކުރިއަށްގެންދާ މުޒާހަރާއެއް ކަމަށެވެ.

“މިއަދު ރާއްޖޭގައި އިންސާފެއް ނެތް. ގެއްލިފައިވާ މީހުންނާއި، މަރާ ލެވިފައިވާ މީހުންނަށް އިންސާފު ހޯދަން ދެއަހަރު ވެގެން ދިޔައީ، އިންސާފެއް ހޯދައި ނުދެވުނު. އަންހެންވެރިންގެ އިއްފަތްތެރިކަމަށް އަރައިގަންނަނީ، ފްލެޓްތަކުގެ ހައްގުވެރިން އަތުން ފްލެޓް އަތުލައިގަތީ، އިންސާފެއްނެތް މިއަދު” ޝިޔާމް ވިދާޅުވިއެވެ.

މާލޭގައި މި މުޒާހަރާ ފަށާނީ ސޯޝަލް ސެންޓަރު ކައިރިން ހަވީރު 4:15 އިން ފެށިގެންނެވެ. ނިމޭނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

ޝިޔާމް ވިދާޅުވީ، އެ މުޒާހަރާއަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަަގަން ޖެހޭ ހުއްދަތައް ނަގައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ކުރިއަށްގެންދާނެ މުޒާހަރާއެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top