އެންމެފަހުން ސައްޓު ގައުމީ ފުޓްބޯޅަ ސްކޮޑަށް ނަގައިފި

86184180_2725189411042089_4325334793546891264_o.jpg

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން ނެގި ފުރަތަމަ ސްކޮޑުން ފުރުސަތު ނުދިން، ޓީސީ ސްޕޯޓްސް ކްލަބްގެ އޭދަފުށީ ފޯވާޑް އިޝާން އިބްރާހީމް ސައްޓުއަށް އެންމެ ފަހުން ޖާގަ ދީފިއެވެ.

އެންމެ ފުރަތަމަ އެކުލަވާލި ސްކޮޑް ލިސްޓް މީޑިޔާއަށް ފުރަތަމަ ލީކްވިއިރު ސައްޓުގެ ނަމެއް ނެތެވެ. އެހެންނަމަވެސް މީޑިޔާއާއި، އާންމުންގެ ފިއްތުންތަކާއެކު ސައްޓުއަށް ޖާގަދީނީ އިއްޔެއެވެ.

ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ކުޅެން ފަށައި ބ. އޭދަފުށްޓަށް އުފަން ސައްޓު ވަނީ މިހާތަނަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ގައުމީ ޓީމުން އަލަށް ވެސް ފުރުސަތު ނުލިބުނު ނަމަވެސް ސައްޓު އައީ އެ އަޒުމުގައި ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ފަހަކަށް އައިސް އެންމެ ފޯމުގައި ހުރި އެއް ފޯވާޑަކީ ސައްޓު އެވެ. ސީޒަނުގައި މިހާތަނަށް ސައްޓު ވަނީ 13 ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމުގެ ސްކޮޑުން ސައްޓު އަށް ފުރަތަމަ ފަހަރު ފުރުސަތު ލިބިގެންދިއުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމުންނެވެ.

ސައްޓު ގައުމީ ސްކޮޑަށް އިތުރުވުމާއެކު، މިހާރު ގައުމީ ސްކޮޑްގައި ހިމެނޭ އޭދަފުށީގެ ކުޅުންތެރިންގެ އަދަދު ހަތަރަކަށް އެރީއެވެ. އެއީ ސެންޓޭއާއި، ހަމްޕު އަދި ހައިޝަމްގެ އިތުރުން ސައްޓުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top