އޭދަފުށިން ބަނގުރާ ފުޅިތަކަކާ ބިޔަރު ދަޅުތަކެއް ހޯދައިފި

2_ec06ed15a3.jpg

އޭދަފުށީގައި ހުރި ގުދަނަކުން ބަނގުރާފުޅި ތަކަކާއި ބިޔަރު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި ރާފުޅިތަކާއި ބިޔަރު ދަޅުތައް ހޯދާފައިވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 3 ޖުލައިގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އެ ގުދަން ބަލައި ފާސްކުރިއިރު 43 ދަޅު ބިޔަރާއި 5 ރާފުޅި ފެނިފައިވެއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top