ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސް

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަަށް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ، އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލަށް ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި 35 މޭލާއި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އެވަރެޖްކޮށް ވައި ޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދު ކަމަށް ވެސް މެޓުން ބުންޏެވެ.

ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ވެސް 35 މޭލާއި 45 މޭލަށް ވައި ގަދަވެގެންދާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާއިރު ގުގުރުމާއެކު ބޯކޮށްވާރެ ވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މިއަދާއި މާދަމާ ވެސް ކަނޑުތައް ވަރަކަށް ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ.

މިދުވަސްވަރަކީ ފުރަތަމަ ޓާމް ބަންދަށްފަހު ޗުއްޓީއަށް ރަށްރަށަށް ފުރާ ދުވަސްކޮޅު ކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެ އޮފީހުން އިލްތިމާސް ކުރެއެވެ. ހަމައެއާއެކު ކުދިކުދި ޑިންގީގައި ކަނޑުމައްޗަށް ނިކުތުމާއި، މޫދަށް އެރި އުޅުމުގައި އޮޔަށް ސަމާލުވުމަށް ވެސް އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top