އަންހެނުންފުށީގައި ގަމީރާ ، ދަނޑުވެރިކަން ދަސްކޮށްދޭން ފަށަނީ

10398043_880056188781106_6942577035504609236_n1.jpg

ބ.އަތޮޅު އަންހެނުންފުށީގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން ގެންދާ ގަމީރާ ބ.އަތޮޅުގެ މީހުންނަށް ޚާއްސަކޮށްގެން ދަނޑުވެރިކަމާބެހޭ ކުރު ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އޭނާ ބުނެފިއެވެ.

ކާމިޔާބު ދަނޑުވެރިޔާ އަދި ދަނޑުވެރިކަމުގެ ގައުމީ އިނާމު ލިބިފައިވާ ގަމީރާ ބުނީ ބޭނުންވަނީ މިކަމަށް ޝައުގުވެރިކަން ހުރި ބ. އަތޮޅުގެ ކުދިންނަށް މި ފުރުސަތު ފުރަތަމަދޭންކަމަށާއި އޭގެ ފަހުން އެހެން އަތޮޅުތަކަށްވެސް ހުޅުވާލާނެކަމަށް އޭނާ ބުންޏެވެ.

ކޯހާބެހޭ މައުލޫމާތު ދެމުން އިތުރަށް ގަމީރާ ބުނީ މިހާރު މިހާރަށްވެސް ކޯސްތައް ހިންގުމަށް ބޭނުންވިޔަސް އެކަމަށް މެދުވެރިވާ ހުރަހަކީ އެ ރަށުގައި ގައި ކޯހެއްހިންގޭވަރަށް ކުދިން ތިބުމުގެ ޖާގަ އަދި ހަމަޖެހިފައިނުވުމެވެ. ގަމީރާ ބުނި ގޮތުގައި މިހާރުއެރަށުގައި ހުރި އިމާރާތްތަކަކީ އެގޮތަސް ކުދިން ގެނެސްގެން ގެންގުޅެވޭނެ ތަނެއް ނޫންކަމުގައެވެ. އެހެންކަމުން މިހާރު ތައްޔާރުވަމުންދަނީ މިރަށުގެ ބަނދަރުމަތީގައި ގެއެއް ހެދުމަށެވެ. އޭރުން އެތަނުގައި އެއްފަހަރާ ދިހަވަރަކަށް ކުދިން ބައިތިއްބައިގެން ކޯސްތައް ހިންގޭންކަމަށް އޭނާ ބުންޏެވެ.

ގަމީރާ ބުނިގޮތުގައި އަންހެނުންފުށީގައި ތިބެގެން ކޯސް ހަދާނަމަ ދެ ފައިދާއެއް ލިބިގެންދާނެއެވެ. އެއްފައިދާއަކީ ދަނޑުވެރިކަން ކޮންމެ ދުވަހަކު ތަޖްރިބާކުރެވުމެވެ. އަނެއް ފައިދާއަކީ ދަނޑުވެރިކަމާބެހޭ އުކުޅުތައް ދަސްވުމެވެ.

މި ރަށުގައި އެބަހުރި އެކި ކަހަލަ މޭވާ އާއި ތަރުކާރީގެ ބާވާތްތައް. ކޮންމެ ދުވަހަކު ދަނޑުތަކަށް ގޮސް ތަޖުރިބާ ހޯދޭނެ. މި ރަށުގައި ( އަންހެނުން ފުށީގައި) މި ހުންނަނީ ކޮންމެ ބާވަތަކަށް ވަކި ދަނޑެއް ގޮތަށް. އެހެންވީމާ ދަސްކުރުމުގައި ފަސޭހަވެގެންދާނެ.” ގާމީރާ ބުންޏެވެ.

 

މިފަދަ ކޯހެއް ހިންގަން ގަސްދުކުރީ ކީއްވެގެންކަންވެސް ގަމީރާ ހާމަކޮށްދިނެވެ. އޭނާބުނީ މިއީ ވަރަށް ކުރިއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި އޭނާއަށް ދަސްވެފައިވާ އެއްޗެއް އެހެން މީހަކަށް ކިޔައިދިނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައެވެ.

އޭނާގެ އުންމީދަކީ ވީހާވެސް ގިނަ ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ނެރުން ކަމަށެވެ. މިއަހަރުގެ ތެރޭގައި ދަނޑުވެރިކަމުގެ ކުރު ކޯސްތައް ފެށިގެން ހިނގައްޖެނަމަ އޭނާގެ އެންމެ ބޮޑު އުއްމީދު ހާސިލްވީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top