މޫދުގައި އަޅާ ވާތަކުގައި ތާށިވެ އެންމަޑިއަށް ގެއްލުން ވަނީ

image_750x_5fe1ae2d7a1c2.jpg

އެންމަޑި އެއް

ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެޅުމުގައި އަޅާ ވާތަކުގައި އޮޅި ތާށިވެ އެންމަޑިއަށް ގެއްލުންވާ ހާދިސާތައް ފަހަކަށް އައިސް އިތުރު ވަމުން އަންނަކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެހެންވެ އެކަމަށް ސަމާލުވުމަށް އީޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެކަމާގުޅިގެން އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުޅަނދުފަހަރު އެޅުމަށް ކަނޑާއި މޫދުގައި އަޅާފައިވާ ވާތަކުގައި ތާށިވެ، އެންމަޑި މަރުވުވުމުގެ ހާދިސާތައް އިތުރުވަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ އެންމަޑީގެ ހުރިހާ ބާވަތްތަކަކީ 2014 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައިވާ ދިރުންތަކެކެވެ. އުޅަނދުފަހަރު އެޅުމަށްޓަކައި ކަނޑާއި މޫދުގައި ވާ އަޅާއިރު، އެފަދަ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް ދޯނި އެޅުމަށް ވަނީ އެދިފަ އެވެ.

އެންމަޑި އަދި ވައިފިޔަމަޑި ފަދަ މަޑީގެ ބާވަތްތަކަކީ ތިމާވެށީގެ އިތުރުން އިގުތިސޯދީ ގޮތުން މުހިއްމު ދިރުންތަކަކަށް ވާއިރު، އެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top