ހޮޅުއަށި ތަކުގައި ވާހަކަދައްކަން އެމްޑީޕީ ނިކަން މޮޅުވާނެ: ޝިޔާމް

1595924253large.jpeg

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ހޮޅުއަށީގައި ވާހަކަ ދައްކަން އެމްޑީޕީ ނިކަން މޮޅުވާނެ ކަމަށާއި، ރައްޔިތުންނަށް ފައިދާއެއްވާ ކަމެއް ނުކުރާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ ބިލަށް ވާހަކަ ދައްކަވަމުން ޝިޔާމް މިއަދު ވިދާޅުވީ ގާނޫނަށް އިސްލާހު ހުށަހެޅީ އިޚްލާސްތެރިކަމެއް އޮވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ނުބާއްވާވެސް އިންތިހާބު ބޭއްވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

“މި އިސްލާހުން ވެސް ކުރަންއުޅޭ ކަަމަކީ ހަގީގަތުގައި ހާއްސަ ގާނޫނު އައިސްފައިވާ ގޮތަށް، ގާނޫނުއަސާސީއަށް ފުށުއަރާ ކަހަލަ ކަންތައްތަކެއް ކުރުމަށް އަނެއްކާވެސް މި އަވަސްވެގަތީ.” ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަދިވެސް އޮތީ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް ވަކި ގޮތަކަށް އިއުލާނު ކުރުމުން އިންތިހާބުގެ ކަންކަން ކުރެވޭގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ނުކޮށް އަނެއްކާވެސް އީސީގެ ބާރުތަކެއް ކަނޑުވާލާ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ވަންނަގޮތަށް ކަންކަން ކުރަމުން އަންނަކަމަށެވެ. އަދި ރައީސް ސޯލިހް އަންގަވާ ގޮތަކަށް ވެރިކަން ކުރަމުން އަންނަނީ އެޗްޕީއޭއިންނޭ މިއަދު ހީވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

“ލާމަރުކަޒީ ނިޒާމޭ، ތިމަންނަމެންގެ ބޭބީއެކޭ ކިޔަނީ. އެމްޑީޕީއަކީ ހޮޅުއަށިތަކުގައި ވާހަކަދައްކަން ނިކަންމޮޅު ޕާޓީއެއް. އެހެންނަމަވެސް ރައްޔިތުންނަށް ރަނގަޅަށް މި ދިވެހިރާއްޖެއަށް ރަނގަޅުކަމެއް ކުރަންވީމަ ފަހަތުވަޔަށް ބުރަވެފަ ތިބޭނީ.” ޝިޔާމް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނު އެއްކޮށް ބަދަލުކޮށް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިންކަމަށާއި، އެހެން ނަމަވެސް އޭގެ މައްޗަށް ހާއްސަ ގާނޫނެއް ފާސްކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައި އޮތްތާ އަހަރުދުވަސް ވަނީކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް އާމްދަނީއެއް ލިބޭނެ ގޮތެއް އޮތްނަމަ، އެކަމަކަށް ވެސް ހުރަސް އަޅަމުން އަންނަަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top