އޭދަފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ހުއްޓުމުން މެރިންޕޮލިސް އެހީތެރިވެދީފި

Marine-4.jpg

 

މިއަދު ހެނދުނު އޭދަފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއް ޕެޓްރޯލް ހުސްވުމުގެ ސަބަބުން ލޯންޗް ހުއްޓުމާ ގުޅިގެން  ދިވެހިމެރިން ޕޮލިސް އެސަރަޙައްދަށްގޮސް ލޯންޗުގައި ތިބި މީހުން ރައްކާތެރިކަމާއެކު މާލެ ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ލޯންޗުން ޕެޓްރޯލް ހުސްވެ އިންޖީނު ހުއްޓިފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއެކު މެރިން ޕޮލިސްއިން ވަނީ ލޯންޗް ކައިރިއަށްގޮސް އޭގައިތިބި މީހުން ރައްކާތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ކޮށްފައި ކަމަށާއި މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ މާލެއަތޮޅު އާރަށާ ކައިރީގައެވެ.

ލޯންޗްގައި ތިބި މީހުން މާލެގެނެސް ލޯންޗުވެސް މާލެއައިސް ޕެޓްރޯލް އަޅައި ޢާއްމު ދަތުރުތަކަށް މިހާރުވަނީ ވަނީ ފަށާފައެވެ.

މި ޙާދިސާ ހިނގުމާ ގުޅިގެން މެރިން ޕޮލިސްގެ ފުލުހުން ބެލި ބެލުމުން މި ލޯންޗްގައި މީހުން އުފުލުމަށް ހުއްދަކޮށްފައިވާ މިންގަނޑަށްވުރެ އިތުރަށް މީހުން އަރުވާފައި ތިބުމާއެކު އެމައްސަލަ ދަނީ ބަލަމުންނެވެ. މިއީ 40 މީހުންނަށް ދަތުރު ކުރުމުގެ ހުއްދައޮތް ލޯންޗެއް ނަމަވެސް އެވަގުތު ލޯންޗުގައި 52 މީހުން ތިއްބެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

މިއީ ކޮން ފަރާތެއްގެ ލޯންޗެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top