ފިޔާގެ އަގު އަނެއްކާވެސް އުފުލިއްޖެ

DSCN8030-800x496-800x496.jpg

އަގު ހަމައަކަށް އެޅުނުތާ މަހެއްހާއި ދުވަސް ފަހުން އަނެއްކާވެސް ފިޔާގެ އަގު ބާޒާރުގައި އުފުލިއްޖެއެވެ.

މިއަދު މާލޭ ބާޒާރުގެ ގިނަ ފިހާރަތަކުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 45ރ. ގައެވެ. ބަސްތާއެއް ލިބެނީ 750-900އާ ދެމެދުގެ އަގެއްގަ އެވެ. މި އަގުގައި ބާޒާރުގައި ފިޔާ ވިއްކާތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.

އޭދަފުށީގައި މިއަދު ފިޔާ ކިލޯއެއް ވިއްކަމުން ގެންދިޔައީ ކިލޯއެއް 30ރުފިޔާއާއި 35 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ.

އޭދަފުށީގައި ފިޔާ އިމްޕޯޓް ކޮށްގެން ވިއްކަމުން ގެނެްދާ ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރު އިސްމާއީލް ޝަހީމް ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް ފިޔާގެ އަގު ހެޔޮވެގެން ހިނގައިދާނެކަމަށް ނުބެލެވެއެވެ.

“ފިޔާގެ އަގު އުފުލުނީ އިންޑިއާއިން ފިޔާ ވިއްކާ އަގަށް ބަދަލުތައް ގެނައުމުގެ ސަބަބުން. އިންޑިއާއިން 1000ރުފިޔާ އަށް ވިއްކަމުން އައި ފިޔާ ޓަނެއްގެ މިހާރު އަގަކީ 1400 ޑޮލަރު. ހަމަ އެއާއެކު މި ހަފްތާގައި އިންޑިއާއިން މާލެ އަންނަ ބޯޓު ފަހަރުގައި ފިޔާ އެއްނެތް.” ފިޔާގެ އަގު އުފުލެން ދިމާވި ސަބަބު އިއްސޭ ކިޔައިދިނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާއިން ފިޔާ އަގު ބޮޑުކޮށްފައިވާއިރު މި ހަފްތާ ތެރޭގައި އޭޝިއާގެ ގައުމުތަކުގައި ފިޔާގެ އަގު ހުރީ ކިލޯއެއް ހަތަރު ޑޮލަރު (61.68ރ) ގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އިންޑިއާއިން ފިޔާގެ އަގު ބޮޑު ކުރީ އެ ގައުމަށް ކުރި ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ފިޔާ އުފެއްދުން މަދުވުމާ ގުޅިގެންނެވެ. އަދިވެސް އެ ގައުމުގައި ފިޔާގެ އަގު ކޮންޓްރޯލެއް ނުކުރެއެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާގެ ވިޔަފާރި ކުރަމުން އަންނަ މީހަކު ބުނީ އިންޑިއާއިން ގެންނަ ފިޔާގެ އަގު ބޮޑުވި ނަމަވެސް ރަތް ފިޔާ (ޗައިނާއިން އެތެރެ ކުރާ ފިޔާ) ގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ. ރަތް ފިޔާ ބަސްތާއެއް ބާޒަރުގައި އުޅެނީ 650ރ. އަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top