މާޅޮހުގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

Screenshot-2023-03-01-144653-q2va423fovcw5qqy32wbk4zmh4srglyh86o90t61ec.jpg

މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ބ. މާޅޮހުގެ ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރަަށުގެ އިރުމަތި ފަރާތުގައި 50 މީޓަރުގެ 4 ގްރޮއިން ޖަހައި، އުތުރު ފަރާތުގައި 76 މީޓަރު ގްރޮއިން އަދި 240 މީޓަރު ބޮޑުހިލަ ރިވެޓްމަންޓެއް ހަދާނެއެވެ. އަދި ހުޅަނގު ފަރާތުގައި 290 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ގާއިމުކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 75 މިލިއަން ރުފިޔާއަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top