ފްލައިޓްގައި ބަލިމީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާ އަށާއި ފްލައިމީއަށް އަންގައިފި

Aishath-Nahula-Transport-e1605414625615-750x375.jpg

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގައި ބޭނުންކުރާ މަންޓާ އެއާ އާއި ފްލައިމީއަށް ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި ފްލައިޓްގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގަވައިފިއެވެ.

ފްލައިމީއާއި މަންތާއެއާ އަށް މިގޮތަށް އަންގާފައިމިވަނީ ދ.ކުޑަހުވަދޫގައި ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހިގެން އެކަމަށް ފްލައިޓެއް ހަމަޖައްސައިދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށު ރައްޔިތުން އަންނަނީ މުޒާހަރާކުރަމުން ދަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މަންތާ އެއާ އާއި ފްލައިމީ އިން ކުރިޔަށް އޮތް ތިންމަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން އެ ދެ އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކަށް އެންގުމަށް ސިވިލް އޭވިއޭޝަނަށް މެމޯއަކުން މިނިސްޓްރީން މިހާރު އަންގަވާފައިވާ ކަމަށެވެ.

އެކަން ނުކޮށްފި ނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުން ދާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މަންތާ އިން ބަލި މީހަކު ގެންގޮސް ނުދޭ ކަމަށް ބުނެ ކުޑަހުވަދޫ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި އިރު، މަންތާއިން ބުނެފައި ވަނީ އެކުންފުނިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭގައި ބަލި މީހުން ނޫފުލޭނެ ކަމަށް ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top