އޭދަފުށީ ނަރުދަމާގެ ހާލަތު ވަނީ ވަރަށް ދަށުގައި – ފެނަކަ ބ. ރީޖަނަލް އޮފީސް

ghj.jpeg

ބ. އޭދަފުށި މަގެއްގައި ހުރި ނަރުދަމާ ޖަންގްޝަނެއް މައްސަލަޖެހިގެން ހައްލުކުރުމުގެ މަސައްކަތް ކުރަނީ. ނަރުދަމާގެ ހާލަތު ދަށްކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމްގެ ހާލަތު އޮތީ ވަރަށް ނާާޒުކު ފައްތަރެއްގައި ކަމަށާ، އެކަމާމެދު ކަންބޮޑުވާކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނެފިއެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން އީވީއަށް މައުލޫމާތުދެމުން ވިދާޅުވީ ނަރުދަމާގެ ގިނަ ޖަންކްޝަންތައް ބޭނުންނުކުރެވޭވަރަށް ހަލާކުވެ ވީރާނާވަމުންދާކަަށާ، މެޝިނަރީތަކަށްވެސް މައްސަލަޖެހެމުންދާކަމަށެވެ. ބ. ރީޖަނަލް އޮފީހުގެ ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް ވިދާޅުވީ ނަރުދަމާގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ވަރަށް އަވަހަށް ބޮޑު މަޝްރޫއެއް ފަށާނެކަމަށާ، އެކަމާބެހޭ މަސައްކަތް ކުރެވެމުންދާކަމަށެވެ.

“ވަރަށް ހާލުދެރަކޮށް އޮތީ، ވަޅުގަނޑުތައްވެސް.، ދެންހުރި ޕަމްޕްތައްވެސް ވަރަށް މައްސަލަޖެހޭ. އަޅުގަނޑުމެން މިހާރު ހެޑްއޮފީހުގައި ދަންނަވައިގެން ބޮޑު މަސައްކަތްތަކެއް ކުރުމަށް މިދަނީ ރާވަމުން. ހަލައްކަ ރުފިޔާގެ ބަޖެޓެއްވެސް މިހާރުވަނީ ލިބިފައި. ލަސްނުވެ އެމަސައްކަތް ފެށުމަށް މިދަނީ މަސައްކަތް ކުރަމުން” އަލީ ވިދާޅުވިއެވެ.

އަލީ ޝަފީގް ވިދާޅުވީ ނަރުދަމާގެ ޖަންކްޝަންތައް ހަލާކުވަމުންދަނީ، މިނިޒާމް ގާއިމްކުރިއިރުވެސް ޖަންކްޝަންތައް ހަދާފައިވާ ފެންވަރު ދަށްކަމުން ކަމަށެވެ. އޭނާ ވިދާޅުވީ ޕަމްޕްތަކަށް ދިމާވާ މައްސަލަތައް ކުޑަކުރެވޭނީ، އާންމު ރައްޔިތުންގެ ނޭދެވޭ އަމަލުތައް ރަނގަޅުކޮށްގެން ކަމަށެވެ.

“ޖަންކްޝަންތައް އެހުރީ ސިމެންތި ފައިބައިގެން އޭގެ ދަށް ވެސް ހަލާކުވާ ހިސާބުގައި. އެންމެ ބޮޑު މައްސަލައަކީ ފާހާނާތަކުން ޖަންކްޝަންތަކަށް އަންނަ ކުނިބުނީގެ މައްސަލަ، ދަޅާ، ފުޅި އާއި ފޮތީގެ ބާވަތްތަކާ މިކަހަލަ އެއްޗެތި ޕަމްޕްގައި ތާށިވެ ޕަމްޕް ހަލާކުވަނީ ގިނަފަހަރަށް. މީ އާންމުން ވިސްނަންޖެހޭ ކަމެއް”

3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށީގެ ނަރުދަމާގެ ނިޒާމަކީ ޖަޕާންގެ ޖޭބިކް ލޯންއެހީގެ ދަށުން 2008 ވަނައަހަރު ގާއިމްކޮށް 2010 ވަނަ އަހަރު ހިދްމަތްދޭން ފެށި ނިޒާމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top