އަސާސީ ކާބޯތަކެތީގެ ލިސްޓު އާންމުކޮށްފި

big_CEAiBFTqLYGNQvCHZByATrHdZ.jpg

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް އެތަކެތީގެ ލިސްޓް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

އަދި އެ ބާވަތްތައް އެސްޓީއޯ އިން ރާއްޖެ ގެންނަން ވަނީ ނިންމާފަ އެވެ.

އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 10 މޭވާ އާއި 10 ތަރުކާރީ އަދި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި ވަނީ އިތުރުކޮށްފަ އެވެ.

އެ ލިސްޓް އާއްމު ކުރިއިރު މޭވާގެ ގޮތުގައި ހިމެނޭ 10 ބާވަތަކީ ދޮންކެޔޮ، އާފަލު، އޮރެންޖް، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް، މޭބިސް ކަދުރެވެ.

ތަރުކާރީގެ ބާވަތްތަކަކީ ފިޔާ، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެކް، ބަރަބޯ، ބޯވެއްޔެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދެން އިތުރުކޮށްފައިވަނީ ރީނދޫ މުގާއި ކުކުޅު ބިހުގެ އިތުރުން ކާއްޓެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު ތަކެތި ރާއްޖެ ގެނައުމަށް އެސްޓީއޯ އިން ތައްޔާރުވެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެސްޓީއޯ އިން ބުނީ މިކަން ކަމަށް ތައްޔާރުވުމަށްޓަކައި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޒަަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މި ބާވަތްތައް އޮކްޓޯބަރު 13 ގައި ލިބެން ހުންނަން ޖެހޭނެކަން އެސްޓީއޯއިން ޔަގީން ކުރަންޖެހޭނެެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top