އިރުމަތީ ހުރަސްތޮށި ކޮންކްރީޓް އަޅާނެބަޔަކު ހޯދަން އިޢްލާންކޮށްފި

ޖެނުއަރީމަހު ހައުސިންގް މިނިސްޓަރ ޑރ މުއިއްޒު އޭދަފުއްޓަށް ވަޑައިގެން އިރުމަތީ ހުރަސްވާޓަރުގެ ހާލަތު ބައްލަވާލައްވަނީ. މިތަނުގެ މަސައްކަތް ކޮށްދޭނެބަޔަކު ހޯދަން ވަނީ އިޢްލާން ކޮށްފައި. ފޮޓޯ: އީވީ ފައިލް

ޖެނުއަރީމަހު ހައުސިންގް މިނިސްޓަރ ޑރ މުއިއްޒު އޭދަފުއްޓަށް ވަޑައިގެން އިރުމަތީ ހުރަސްވާޓަރުގެ ހާލަތު ބައްލަވާލައްވަނީ. މިތަނުގެ މަސައްކަތް ކޮށްދޭނެބަޔަކު ހޯދަން ވަނީ އިޢްލާން ކޮށްފައި. ފޮޓޯ: އީވީ ފައިލް

ބ. އޭދަފުށީގެ އިރުމަތީ ހުރަސްތޮށީގެ ކެޕިންގ ބީމް (ކޮންކްރީޓްބައި) އަޅާދޭނެ ފަރާތެއް ހޯދަން އޭދަފުށީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލްގެ އިއުލާނެއްގައި ބުނެފައި ވަނީ ބަނދަރުގެ ހުރަސްތޮށީގެ ބީމް އަޅައިދޭން ޝައުޤުވެރިވާ ފަރާތްތައް މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 2:15 އަށް އެ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފު ކުރުމަށްފަހު މި މަހުގެ 19 ވަނަ ދުވަހުގެ 2:15 އަށް އެސްޓިމޭޓް ހުށަހެޅުމަށެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިމަސައްކަތް ކުރުމަށްޓަކައި މިއަހަރު ސަރުކާރުގެ ބަޖެޓްގައި ދޮޅުމިލިޔަނެއްހާ ރުފިޔާ ހިމަނާފައިވާކަމަށާ، މިކަމަށް ހަރަދުކުރާނީ ބަޖެޓުންކަމަށެވެ.

ތިންސަތޭކަފޫޓެއްހާދިގު އޭދަފުށީ ބަނދަރު ހުރަސްތޮށީގައި ޝީޓްޕައިލް ޖަހައިފައިވަނީ 2010 ވަނައަހަރު އޭދަފުށީ ރައްޔިތުންގެ މާލިއްޔަތުން ބައިމިލިޔަނެއްހާރުފިޔާ ހަރަދުކޮށްގެންނެވެ. އޭރު އަރިއަޅާލައި ކޮންމެވެސްވަރަކަށް ވެއްޓިފައިއޮތް ކޮންކްރީޓްވާޓަރު ނަގައި، ޝީޓްފައިލް ޖެހިގޮތަށް ކޮންކްރީޓްބައިނާޅައި އެތަން އަދިވެސް އޮތީއެވެ. މިމަސައްކަތް މިއަހަރު ފެށުމަށް ބަޖެޓްކޮށްފައިވާކަމަށް މީގެކުރިން ހައުސިންގް މިނިސްޓަރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައިވެސް ވިދާޅުވެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top