އަންނަ އަހަރު ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓް ލިބޭނެ

large_173175251849Uv6z.png

އަންނަ އަހަރު ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ތައާރަފް ކުރުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފި އެވެ.

މި މަޝްރޫއު ރައީސް ޑރ. މުއިއްޒު އިފްތިތާހުކޮށްދެއްވީ މިއަދު ރައީސް އޮފީހުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އެ ހިދުމަތް މާލޭ ސަރަހައްދާއި ބައެއް ރަށްރަށުގައި މިހާރު ފަށާފައިވާކަން އިއުލާން ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މުޅި ރާއްޖެއަށް އައިޑީ ކާޑުގެ ޚިދުމަތްދިނުމުގެ މަޝްރޫއުގެ ދަށުން އަތޮޅުވެރިކަން ކުރާ ރަށްރަށުގެ އިތުރަށް އިތުރު ހަތް ރަށަކާއެކު ޖުމްލަ 18 ރަށެއްގައި އައިޑީކާޑުގެ ޚިދުމަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގައި ދެވޭނެ ކަމަށެވެ.

އަންނަ އަހަރު އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރަން ސަރުކާރުން އަމާޒު ހިފާފައި ހުރިއިރު އެ ރަސްމިއްޔާތުގައި ވަނީ އަތޮޅު ތެރޭގައި އެ ހިދުމަތްތައް ފަށާނެ ގޮތުގެ މަގު ޗާޓެއް ވެސް ދައްކާލައިފަ އެވެ. އެގޮތުން ބ.އަތޮޅުގައި އެޚިދުމަތް ދޭން ފެށޭނެ ތާރީހެއްކަމަސް މަގުޗާޓުގައިވަނީ ، ޕާސްޕޯޓު ހިދުމަތް ޑިސެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް އޮގަސްޓުގައެވެ.

ކައުންސިލްތަކާ ގުޅިގެން އައިޑީ ކާޑު ޔުނިޓް ނުވަތަ ޑީއެންއާރުގެ މަސައްކަތްތައް ބައްޓަން ކުރުމުގެ ގޮތުން ޚާއްސަ ޕޯޓަލް “ނާރެސް” މިދިޔަ ޖުލައި މަހު ވަނީ އިފްތިތާހުކޮށްފަ އެވެ. ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑު ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބިގެންދާނެ އެވެ.

ރައްޔިތުންގެ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކޮށް ދޫކުރެވޭނެ ޚިދުމަތް ފެށުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top